News
ފުޓްބޯޅަ ކުރިއެރުވޭނީ މާލެއިން ފުޓްބޯޅަ ނެރެ އަތޮޅުތެރޭގައި މުބާރާތްތައް ބާއްވަން ފެށުމުން: މަހްލޫފް
1 އޮކްޓޯބަރު 2019
ފުޓްބޯޅަ ކުރިއެރުވޭނީ މާލެއިން ފުޓްބޯޅަ ނެރެ އަތޮޅުތެރޭގައި މުބާރާތްތައް ބާއްވަން ފެށުމުންކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ޔޫތުމިނިސްޓްރީގައި ބޭއްވި ނޫސް ވެރިންގެ ބައްދަލު ވުމުގައި، ގަލޮޅު ފުޓްބޯޅަ ދަނޑަށް ކުޅިބަލަން މީހުން ނުވަންނަ މައްސަލަ ބޮޑުވެ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ކުޑަވުމުން ކުޅިވަރާއި ބޭހޭވަޒީރު ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ކުރިއެރުވޭނީ މާލެއިން ފުޓްބޯޅަ ނެރެ އަތޮޅުތެރޭގައި މުބާރާތްތައް ބާއްވަން ފެށުމުން ކަމަށެވެ. އެގޮތުން ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގައި ފުޓްބޯޅަ ލީގެއް ފެށުމާ ބެހޭ ގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ އެކު ވަނީ މަޝްވަރާ ތަކެއް ކުރައްވައިފައެވެ.
ފަހަކަށް އައިސް ޕްރިމިއަރ ލީގް ފޯރި ކުޑަވެ މެޗްތައް ބަލަން އެއްވެސް ވަރަކަށް ކުޅިބެލުންތެރިން ނުވަދެއެވެ.