News
ކުރިން ބާއްވަމުން އައި މިނިވަން ޗެމްޕިއަން ޝިޕްގެ ނަން ޖަޒީރާ ޗެމްޕިއަންޝިޕަށް ބަދަލުކޮށްފި
1 އޮކްޓޯބަރު 2019
އަތޮޅުތެރޭގައި ބާއްވަމުން އަންނަ އެންމެބޮޑު ފުޓްބޯޅަ މުބާރާތް މިނިވަން ޗެމްޕިއަންޝިޕް މިއަހަރު ނުބާއްވާނެ ކަމަށާއި އެ މުބާާރާތް ރީބުރޭންޑް ކޮށް ޖަޒީރާ ޗެމްޕިއަންޝިޕްގެ ނަމުގައި އަންނަ އަހަރު މުބާރާްތް ބާއްވަން ނިންމާފައިވާ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިވަން ޗެމްޕިއަންޝިޕަކީ 2015 ވަނަ އަހަރުން ފެށިގެން އަތޮޅުތެރޭގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ހޯމަ ދުވަހު ޔޫތުމިނިސްޓްރީގައި ބޭއްވި ނޫސް ވެރިންގެ ބައްދަލު ވުމެއްގައި މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިނިވަން ޗެމްޕިއަންޝިޕް ރީބްރޭންޑްކޮށް އަލުން ފަށާއިރު މިހާރަށް ވުރެ ފަހި ފުރުސަތުތައް ފުޓްބޯޅަ ކުޅޭޒުވާނުންނަށް ލިބިގެން ދާނެކަމަށެެވެ.
އެގޮތުން ރަށުން ޓީމް ނެރެންޖެހޭނީ ރަށުފެންވަރުގައި މުބާރާތެއް ބޭއްވުމަށްފަހު ހޮވާލެވޭ ކުޅުންތެރިން ރަށް ތަމްސީލު ކުރާގޮތަށްކަމަށެވެ. މި ބަދަލުގެ ސަބަބުން ފުޓްބޯޅައިގެ ހުނަރުހުރި ކުޅުންތެރިން އެގިގެން ދިއުމުގެ އިތުރުން ގިނަ ކުދިންނަށް ފުރުސަތު ލިބިގެންދާނެކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެބޮޑު ބޭނުމަކީ ފުރަތަަމަ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށެއްގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވާގޮތަށް ފުޓްބޯޅަ މުބާރާތެއް ބާއްވަން. އެއަށް ފަހުން މުބާރާތުގެ ރަސްމީބައި ފެށުނީ. ގިނަބަޔަކަށް ކުޅުމުގެ ފުރުސަތު ދިނުން އަޅުގަނޑުމެންގެ ބޭނުމަކީ." މަޙްލޫފް ވިދާޅުވި އެވެ
މަޙްލޫފް ވިދާޅުވީ ރަށްތަކުގައި ފުޓްބޯޅަ ދަނޑުތައް ރަގަޅުފެންވަރެއްގައި ހެދުމުގެ މަސައްކަތްތައް މިހާރުވެސް ކުރިޔަށް ދާކަމަށާ އެއީ އަތޮޅުތެރެއިން ފުޓްބޯޅަ ދިރުވާ އާލާ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީކަން އޮތުމުން ކަމަށެވެ.