News

ސާފްޗެމްޕިއަންޝިޕްގެ ތިންވަނަ ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމް ހޯދައިފި

29 ސެޕްޓެމްބަރު 2019






ނޭޕާލުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތިންވަނަ 1-0 ބޫޓާން ބަލިކޮށް ރާއްޖެ ހޯދައިފިއެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ފުރަތަަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ލިބުނީ ބޫޓާނަށެވެ. ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، 76 ވަނަ މިނެޓުގައި ވަނީ ލީޑު ނަގާފައެވެ. މެދުތެރެއިން އިބްރާހީމް ސާވީ ދިން ޕާހަކުން މިގޯލް ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އިމްރާން އެވެ.

މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ބަގުލަޭޝް އާއި އިންޑިޔާ އެވެ. 2015 ވަނަ އަހަރު ނޭޕާލުގައި އޮތް މުބާރާތުގައި އިންޑިއާ އާއި އަފްގާނިސްތާން އަތުން ބަލިވިއިރު 2017 ވަނަ އަހަރު ބޫޓާނުގައި އޮތް މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ރާއްޖެ ދިޔައީ ގްރޫޕުގެ ފުލަށެވެ. 2017 ވަނަ އަހަރުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބޫޓާނާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.

 

AFC U19 CHAMPIONSHIP

Leave a Comment:

Comments will be published after moderation.