News

ގްރީން ސްޓްރީޓް އަތުން އީގަލްސް ބަލި ނުވެ ސަލާމަތްވީ ކިރިޔާ

28 ސެޕްޓެމްބަރު 2019






ދިރާގް ދިވެހި ޕްރިމިއަރ ލީގްގެ ދެވަނަ ބުރުގައި މިރޭ ކްލަބް އީގަލްސް އާއި ކްލަބް ގްރީން ސްޓްރީޓް ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖާ އަކުން އެއްވަރުވެއްޖެއެވެ. 

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގްރީންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި މި ގޯލް ގްރީންއަށް ކާމިޔާބުކޮށްދިނީ އެޓީމާ އަލަށްގުޅުނު ބިދޭސީ މިޑްފީލްޑަރު ސަލާހު އެވެ. ފުރަތަމަ ހާފާ ޚިލާފަށް، ދެވަނަ ހާފުގައި އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 60 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ވަނީ އީގަލްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗާ އީގަލްސްއިން ކުރިމަތިލިއިރު، އެޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ވަނީ ސަސްޕެންޑް ވެފައެވެ. އެއީ ގޯލްކީޕަރު ސުޖަން ޕެރޭރާގެ އިތުރުން ޑިފެންޑަރު ހައިޝަމް ހަސަންއެވެ. ސުޖަންގެ ބަދަލުގައި މިރޭގެ މެޗުގައި ކުޅުނު އީގަލްސްގެ ޒުވާން ގޯލްކީޕަރު މުހައްމަދު ސިނާހުގެ ފަރާތުން މުހިންމު ސޭވުތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މި މެޗުން ލިބުނު ޕޮއިންޓަކާއެކު ގްރީން އޮތީ ތާވަލުގެ ދެވަނައިގައި 16 ޕޮއިންޓާއެކުއެވެ. ގްރީންގެ ފުލުން ތިންވަނައިގައި އީގަލްސް އޮތީ 15 ޕޮއިންޓާއެކު އެވެ.

Club Eagles Club Green Streets DPL2019-20

Leave a Comment:

Comments will be published after moderation.