News

ސާފްޗެމްޕިއަންޝިޕް: 18 އަހަރުން ދަށުގެ ޓީމް ސެމީ ފައިނަލުން އިންޑިޔާ އަތުން ބަލިވެއްޖެ

27 ސެޕްޓެމްބަރު 2019






ނޭޕާލުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ސެމީފައިނަލުގައި ރާއްޖޭގެ ޓީމް ވަރުގަދަ އިންޑިޔާ އަތުން ބަލި ވެއްޖެއެވެ. އިންޑިޔާ މެޗް ކާމިޔާބު ކޮށްފައިވަނީ 4-0ގެ ނަތީޖާ އަކުންނެވެ.

މިއަދުގެ މެޗްގައި ރާއްޖޭގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނެވެ. މުޅި މެޗް ކޮންޓްރޯލްކޮށް ކުޅެމުން ދިޔައީ އިންޑިޔާގެ ޓީމުންނެވެ. ފުރަތަމަ ހާފް ނިމުނީ 2-0ގެ ލީޑެއްގައި އިންޑިޔާ އޮވެއެވެ. އަނެއް ދެގޯލް ކާމިޔާބު ކުރީ ފަހުހާފްގައެވެ. 

ރާއްޖެ އަށް ސެމީފައިނަލުގެ ޖާގައެއް ކަށަވަރުވީ ކުޅުނު ދެމެޗުން އެއްވަރުވެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އިންޑިޔާ ފައިނަލަށް ދިޔައީ ސްރީލަންކާއާއި ވާދަކޮށް  3-0ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކުރުމުން އެގްރޫޕުގައި ދެން އެންމެ ގިނަ ޕޮއިންޓް ހޯދި ބަގުލަދޭޝްއާއި އިންޑިޔާ ޕޮއިންޓްގެ ގޮތުންނާއި ގޯލުގެ ގޮތުން އެއްވަރުވުމުން ގުރުލައި، ގުރު ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ލިބިގެންނެވެ. 

މިއަދު މިމުބާރާތުގައި ކުޅުނު އަނެއްސެމީ މެޗް ބަގުލަޭޝް ވަނީ ބޫޓާން ބަލިކޮށް ފައިނަލުން ޖާގަ ހޯދާފައެވެ. އެހެން ކަމުން އާދީއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރާނީ އިންޑިޔާ އާއި ބަގުލަދޭޝްއެވެ.

މިއަދު މެޗުން ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމް ބަލިވި ނަމަވެސް މީ އިންޓަރނޭޝަނަލް މުބާރާތެއްގެ ސެމީ ފައިނަލާއި ހަމައަށް ދެވުނު ރާއްޖޭގެ ފުރަތަމަ ޓީމްކަން ފާހަގަ ކޮށްލެވެއެވެ.

2015 ވަނަ އަހަރު ނޭޕާލުގައި އޮތް މުބާރާތުގައި އިންޑިއާ އާއި އަފްގާނިސްތާން އަތުން ބަލިވިއިރު 2017 ވަނަ އަހަރު ބޫޓާނުގައި އޮތް މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ރާއްޖެ ދިޔައީ ގްރޫޕުގެ ފުލަށެވެ. 2017 ވަނަ އަހަރުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބޫޓާނާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.

AFC U19 CHAMPIONSHIP

Leave a Comment:

Comments will be published after moderation.