News
"އޭދަ ފުށީ ޔޫތު ޓީމް މިފަހަރުގެ އަމާޒަކީ ތަށި ހޯދުމެއްނޫން" - އެސިސްޓަންޓް ކޯޗް ފާއްޓޭ
26 ޖެނުއަރީ 2019
ފެށޭ ފެބުރުއަރީ މަހު ފެށުމަށް ތާވަލްކޮށްފައިވާ އެފް.އޭ.އެމް ޔޫތް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ބާރު ދުވެލީގައި ތައްޔާރުވަމުން އަންނަ އޭދަ ފުށީ ޔޫތު ޓީމް މިފަހަރުގެ އަމާޒަކީ ތަށި ހޯދުމެއްނޫން ކަމަށާއި އަމާޒަކީ ޓީމުގެ ކުޅުންތެރިން ގައުމީޓީމުގެ އިތުރުން ފުޓުބޯޅަޓީމްތަކުން އެކުޅުންތެރިންނަށް ފުރުސަތު ފަހި ކޮށްދިނުންކަމަށް އެޓީމްގެ އެސިސްޓެންޓް ކޯޗް ބުނެފިއެވެ.
މައްޝޫރު ފުޓްބޯޅަކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުޙައްމދު ފާސިރު ، ފުޓް ބޯޅައިގެ ނަމުންނަމަ ފާއްޓޭ ބޯޅަ ޑޮޓް އެމްވީ އަށް މައުލޫމާތު ދެމުން ބުނީ މިފަހަރުގެ ޓީމް ތައްޔާރުކުރަން އެހާ ވަގުތު ނުލިބުނުކަމަށާއި އެހެންކަމުން މުބާރާތުގައި ދާން އެހާ ބޮޑު ޓާގެޓެއް ޓީމުގެ ބޯޑުންވެސް ދީފައި ނުވާ ކަމަށެވެ. ނަމަވެސް ޓީމް މަސައްކަތް ކުރާނީ ދެވުނު އެންމެ ކުރިޔަކަށް ދިއުމަށްކަމަށް ފާއްޓެ ބުންޏެވެ.
ފާއްޓެ ބުނީ މިފަހަރު ފަރިތަކުރުންތަކަށް އެހާވަގުތު ނުލިބުނީ އެރަށުގައި ކޯޗިން
ކޯހެއް ކުރިޔަށް ދިއުމުގެ ސަބަބުން ފުޓުބޯޅައިގައި ހަރަކާތްތެރިވާ އެންމެން ކަހަލަ ގޮތަކަށް އެކަމުގައި ބިޒީވެ އުޅެން ޖެހުމުގެ ސަބަބުން ފަރިތަކުރުންތައް ފެށުނީ ވަރަށް ފަހުން ކަމަށެވެ. ފާއްޓެ ބުނީ ކުޑަ ދުވަސްކޮޅެއްގެ ފަރިތަކުރި ނަމަވެސް ޔޫތު މުބާރާތުގައި ކުޅޭ އެހެން ޓީމް ތަކާއި ފައިޓް ކޮއްލެވޭ ވަރުގެ ޓީމަކަށް އޭދަފުށީ ޓީމް ވެގެން ދާނެކަމަށެވެ.
ފާއްޓެ އިތުރަށް ބުނީ ޓީމްގެ ވީކް މަގާމްތަކަށް ރަށުންބޭރު 4 ކުޅުންތެރިން ވަރު ހިމަނާފައިވާކަމަށެވެ. މިޓީމުން ފުޓުބޯޅައަށް އުއްމީދީ ކުޅުން ތެރިންތެރިންތަކެއް ތައާރަފްވެގެން ދިއުމަކީ ޓީމުގެ އެންމެ ބޮޑު އެއް އުއްމީދުކަމަށް ވެސް ފާއްޓޭބުންޏެވެ.
”ޓީމައް އޮތް އެއްމެ ބޮޑު ޗެލެންޖަކީ މުބާރާތުގައި ކުޅެންޖެހޭ ދަނޑުގެ މައްސަލަ. ރަށުގަ މިކުޅެނީ ވެލީގަ. މުބާރާތް ކުޅެންޖެހެނީ ވިނަ ދަނޑުގަ. ކުޅޭ ބޫޓު ވެސް އެބަ ޖެހޭ ބަދަލުކުރަން" އެއީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ފާއްޓެ ބުންޏެވެ.
އޭދަފުށީޓީ ޔޫތު ޓީމުގެ ހެޑް ކޯޗަކީ އެރަށުގެ އުފަން ދަރިއެއް ކަމަށްވާ ކުރީގެ މައްޝޫރު ކުޅުންތެރިޔާ މުޙައްމަދު ޒާހިދު (ބައްޓޭ ) އެވެ. ބައްޓޭ ވަނީ މީގެ ކުރިންވެސް އެކި ފަހަރުމަތިން އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕްގައި ވާދާކުރާ ރަށު ޓީމަށް އިރުޝާދުދީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއްކޮށްފައެވެ.
އޭދަފުއްޓަކީ ދިވެހި ފުޓުބޯޅައިގަ ފިޔަޖެހި އަދި މިހާރުވެސް ފިޔަ ޖަހަމުންދާ އެތައް ކުޅުނއތެރިންތަކެއް ނިސްބަތްވާ ރަށެކެވެ. ބޯޅަ އެމްވީގެ ފަރާތުން އޭދަފުށީ ޓިމަށް އެދެނީކާމިޔާބެވެ.
މިފަހަރުގެ ޔޫތް މުބާރާތް ވެގެންދާނީ ފަހަކަށް އައިސް އެންމެ ގިނައިން ޓީމްތައް ބައިވެރިރެ ވާދަކުރާ މުބާރާތަށެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ޖުމްލަ ނުވަ ޓީމެއް ވާދަކުރާނެއެވެ. ކްލަބް އީގަލްސް، ނިއު ރޭޑިއަންޓް، ގްރީން ސްޓްރީޓްސް، މާޒިޔާ ، ޓީ.ސީ ސްޕޯރތޤސް ، ވިކްޓަރީ، އޭދަފުށި އަދި އަލަށް ޔޫތް މުބާރާތަށް ނިކުންނަ ދަ ގޭންގް އާއި ފޯކައިދޫ ހިމެނެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 3 ގައެވެ.
ފޮޓޯ: ކްލަބް އޭދަފުށި ފޭސްބުކް ޕޭޖް
ކްލަބް އޭދަފުށި
އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް