News

ސާފް ޗެމްޕިއަންޝިޕް: ސެމީފައިނަލުގައި ރާއްޖެ ނިކުންނާނީ ވަރުގަދަ އިންޑިޔާ އާއި ދެކޮޅަށް

25 ސެޕްޓެމްބަރު 2019






ނޭޕާލުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ސެމީފައިނަލުގައި ރާއްޖޭގެ ޓީމް އަަންނަ ހުކުރު ދުވަހު ނިކުންނާނީ ވަރުގަދަ އިންޑިޔާ އާއި ދެކޮޅަށެވެ.

މިއަދު މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް ނޫން އަނެއް ގްރޫޕުގެ މެޗެއްވަނީ ކުޅެފައެވެ. މިމެޗުގައި ސްރީލަންކާއާއި ވާދަކޮށް އިންޑިޔާއިން 3-0ގެ ނަތީޖާއަކުން މެޗް ކާމިޔާބު ކުރުމުން އެގްރޫޕުގައި ދެން އެންމެ ގިނަ ޕޮއިންޓް ހޯދި ބަގުލަދޭޝްއާއި އިންޑިޔާ ވަނީ ޕޮއިންޓްގެ ގޮތުންނާއި ގޯލުގެ ގޮތުން އެއްވަރުވުމުން ގުރުއަތުން އިންޑިޔާއަށްވަނީ ގްރޫޕްގެ އެއްވަނަ ލިބިފައެވެ. 

އެހެންކަމުން އިންޑިޔާ ކުޅެންޖެހޭނީ ރާއްޖެ ހިމެނޭ ގްރޫޕްގެ ދެވަަނަ ޓީމާއިއެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއިން ޖާގަ ހޯދާފައިވަނީ ރާއްޖެއެވެ. އެހެންކަމުން ސެމީގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ބަގުލަދޭޝް އާއި ރާއްޖެ ފަޅީގެ އެއްވަނަ ޓީމް ބޫޓާންއެވެ. ދެވަނަ މެޗްގައި ރާއްޖެއާއި އިންޑިޔާ އެވެ. މި ދެމެޗުވެސް ކުޅެން ހަމަޖެހިފައިވަނީ ހުކުރުދުވަހުއެވެ.

2015 ވަނަ އަހަރު ނޭޕާލުގައި އޮތް މުބާރާތުގައި އިންޑިއާ އާއި އަފްގާނިސްތާން އަތުން ބަލިވިއިރު 2017 ވަނަ އަހަރު ބޫޓާނުގައި އޮތް މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ރާއްޖެ ދިޔައީ ގްރޫޕުގެ ފުލަށެވެ. 2017 ވަނަ އަހަރުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބޫޓާނާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. 

AFC U19 CHAMPIONSHIP

Leave a Comment:

Comments will be published after moderation.