News
ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީޓީމެއް ފުރަތަމަ ފަހަރަށް ސެމީއަށް ދަތުރު ކޮށްފި
24 ސެޕްޓެމްބަރު 2019
ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ބޫޓާން އާއި ރާއްޖެ ބައްދަލު ކުރި މެޗުން އެއްވަރުވެ އެ މުބާރާތުގެ ސެމީފައިނަލަށް ރާއްޖެ ދަތުރު ކޮށްފިއެވެ.
ނޭޕާލުގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޓީމުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ މިއަދު ބޫޓާނާ ވާދަކުރި މެޗު އެއްވަރުކޮށް ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މިއަދުގެ މެޗު 0-0 އިން އެއްވަރުވިއިރު ފުރަތަމަ މެޗުގައި ރާއްޖޭން ވަނީ މިދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނޭޕާލާ 1-1 އިން އެއްވަރުކޮށްފަ އެވެ. މިއީ ރާއްޖޭގެ ޒުވާން އުމުރުފުރައެއްގެ ޓީމަކަށް ބައިނަލްއަގްވާމީ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރުކުރެވުނު ފުރަތަމަ ފަހަރެވެ.
ގްރޫޕް އޭގެ އެއް ވަނަ ހަތަރު ޕޮއިންޓާ އެކު ބޫޓާން ހޯދިއިރު ރާއްޖެ ދެ ވަނައަށް ދިޔައީ ދެ ޕޮއިންޓް ހޯދައިގެންނެވެ. މި އުމުރުފުރައިގައި އެންމެ ވަރުގަދަ ޓީމު ނޭޕާލް އަމިއްލަ ގައުމުގައި މުބާރާތުން ކެޓީ ޕޮއިންޓެއް ލިބި ގްރޫޕުގެ ފުލަށް ގޮސްގެންނެވެ. ރާއްޖެއާ އެއްވަރުވިއިރު ދެ ވަނަ މެޗުގައި ނޭޕާލް ވަނީ 3-0 އިން ބޫޓާން އަތުން ބަލިވެފަ އެވެ.
2015 ވަނަ އަހަރު ނޭޕާލުގައި އޮތް މުބާރާތުގައި އިންޑިއާ އާއި އަފްގާނިސްތާން އަތުން ބަލިވިއިރު 2017 ވަނަ އަހަރު ބޫޓާނުގައި އޮތް މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ ރާއްޖެ ދިޔައީ ގްރޫޕުގެ ފުލަށެވެ. 2017 ވަނަ އަހަރުގެ ލީގު ބުރުގައި ރާއްޖެ ވަނީ ބޫޓާނާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.
AFC U19 CHAMPIONSHIP