News

ޔުނައިޓެޑް ވިކްޓްރީ އާއިއެކު ކުޅޭ މެޗަށް ނިކުންނާނީ ވަރަށް ވިސްނައިގެން: ގްްރީންސްޓްރީޓް ކޯޗް

23 ސެޕްޓެމްބަރު 2019






ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ(ޔޫވީ) އަކީ ވަރަށް އޮގަނަޒްޑް ރަނގަޅު ޓީމެއްކަމަށާއި، އެހެންކަމުން ޔޫވީ އާއި ދެކޮޅަށް ނިކުންނާނީ ވަރަށް ވިސްނައިގެން ކަމަށް ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒައިން ބުނެފިއެވެ. 

މެޗްގެ ކުރިން ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ ލީގުގައި ވަރަށް ޒަމާން ކޮށްފައި ކުޅެން ލިބުނު މެޗް އަނެއްޓީމް ހާޒިރު ނުކުޅެވުމުގެ ސަބަބުން ގްރީން ޓީމަށް ވަރަށް ބޮޑަށް ގެއްލުންވި ކަމަށެވެ. އީގަލްސް އާއި އެކު ރަނގަޅު މެޗެއް ކުޅެ ފަހަތުން އަރާ އެއްވަރު ކޮށް ނަތީޖާއެއް ނެރެފައި ވަނިކޮށް އެޓީމާއި އެކު ކުޅެން ޖެހުމުން، ގްރީން އިން ވަރަށް ވިސްނައިގެން ނިކުންނަން ޖެހޭނެކަމަށް ސުޒައިން ބުންޏެވެ.

"ޔުނައިޓެޑް ވިކްޓްރީ އަކީ ވަރަށް އޮގަނައިޒްޑް ޓީމެއް. މިވަގުތަށް ބަލާއިރު ޔޫވީގެ ކުޅުމާއި ސްޓްރެންތް އެބަހުރި، އެހެންވީމަ ވަރަށް ވިސްނަން ޖެހޭ މެޗަކަށް މި މެޗް މިވީ" ސުޒައިން ބުންޏެވެ.

ސުޒައިން ބުނީ ގިނަ ބްރޭކްތަކާއި ހެދި ލީގުގައި ހަމަޖެހިލައިގެން ނަތީޖާއެއް ނެރެން ވަގުތު އަދި އެއްވެސް ޓީމަކަށް ލިބިފައި ނުވާކަމަށެވެ. މުބާރާތުގެ މެދުތެރެއިން 2 މަސްދުވަހުގެ ބްރޭކެއް އައުމަކީ ކުޅުންތެރިންނާއި ޓީމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. 

ޕޮއިންޓް ތާވަލަށް ބަލާއިރު 5 ވަނައިގައި ގްރީން 9 ޕޮއިންޓާއިއެކު އޮތް އިރު ޔޫވީ އޮތީ 7 ޕޮއިންޓާއި އެކު ތާވަލުގެ 7 ވަނައިގައެވެ. 

ދިރާގް ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ޔޫވީ އާއި ގްރީން ސްޓްރީޓެެވެ. އަދި ރޭގަނޑު އޮންނަ މެޗްގައި ޓީސީ އާއި ފޯކައިދޫ އެފްސީ ވާދަކުރާނެއެެވެ. 

 

 

Club Green Streets DPL2019-20 United Victory

Leave a Comment:

Comments will be published after moderation.