News

ޗޯޓުގެ ގޯލުން ނޭޕާލް އާއިއެކު ކުޅުނު މެޗުން ރާއްޖެ އެއްވަރު ވެއްޖެ

20 ސެޕްޓެމްބަރު 2019






ސާފް ޗެމްޕިއަންޝިޕް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލް އާ 1-1 ން ރާއްޖެއިން އެއްވަރު ކޮށްފި އެވެ.

މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ޓީމަށް، މެޗުގެ 13 ވަނަ މިނެޓުގައި ލީޑް ނަގައިދިނީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އެވެ. ފުރަތަމަ ހާފްގައި ގޯލް ޖަހާނެ އިތުރު ފުރުސަތުތައް ރާއްޖޭގެ ޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ. 

ދެ ވަނަ ހާފުގައި ނޭޕާލުން ވަނީ ކުޅުން ރަނގަޅުކޮށް ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައެވެ. ނޭޕާލުން ފުލުފުލުގައި ފޮނުވާލި ހަމަލާތައް އުފައްދަމުން ދިޔައިރު ރާއްޖޭގެ ޑިފެންސާއި ގޯލް ކީޕަރު ހަސަން އަލީފް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.

ނޭޕާލްގެ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަނީޝް ޑަންގީ އެވެ. މެޗުގެ ފަހު ކޮޅަށް ދިޔަ ވަރަކަށް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެން ދިޔަ އެވެ. ރާއްޖެއަށް ދެން އޮންނާނީ ބޫޓާން އާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. 

AFC U19 CHAMPIONSHIP

Leave a Comment:

Comments will be published after moderation.