News
ޕްރިމިއަރ ލީގް: ޕޮއިންޓެއް ލިބިފައިނުވާ ނިލަންދޫއިން ފޯކައިދޫ ބަލިކޮށްފި
19 ސެޕްޓެމްބަރު 2019
ދިރާގް ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ބައްދަލު ކުރީ ފޯކައިދޫ އެފްސީ އާއި ނިލަންދޫ އެސްސީ އެވެ. މިމެޗް ނިމުނީ 3-2ގެ ނަތީޖާ އަކުން ނިލަންދޫ އެސްސީ އިން ކާމިޔާބުކޮށްގެންނެވެ.
މެޗްގެ ފުރަތަމަ ހާފް ފެށިގެން އަށްވަނަ މިނެޓުގައި ނިލަންދޫގެ ފުރަތަމަ ގޯލް ކާމިޔަބު ކުރީ އެޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ލޫކަސް އެވެ. މިގޯލް ފެނިގެންދިޔައީ ފޯކައިދޫގެ ޑިފެންސް ލައިނަށް ހެދިނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެގޯލް ޖެހިއިރު ފޯކައިދޫގެ 3 ކުޅުންތެރިން ޕެނަލްޓީ އޭރިއާ ތެރޭގައި ތިއްބެވެ.
ފުރަތަމަ ގޯލާއި އެކު ފޯކައިދޫއިން ދިޔައީ ކުޅުންރަނގަޅު ކުރުމަށް މަސައްކަތް ކޮށް ގިނަ ހަމަލާތަކެއް ނިލަންދޫގެ ގޯލަށް އަމާޒުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ މުސްތަފާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޔޫސުފް ޖުނައިދު ޒާހިރު ވަނީ ފޯކައިދޫއަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ މާގިނަ އިރުތަކެއްނުވެ ފޯކައިދޫގެ ކެޕްޓަން ޖައިލަމް ވަނީ ފޯކައިދޫއަށް ގޯލެއް ކާމިޔާބު ކޮށް މެޗްގެ ލީޑްނަގައިދީފައެވެ.
ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި އެއްވަރުގެ ކުޅުމެކެވެ. ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ދެވަނަ ހާފްގައި ވަނީ އުފައްދާފައެވެ. ފޯކައިދޫ އަށް ލުބުނު ހުރިހާ ފުރުސަތެއް އެޓީމަށް ވަނީ ބޭނުން ހިފޭގޮތް ނުވެފައެވެ. ނަމަވެސް ނިލަންދޫއިން ވަނީ އެމީހުގެ އެއްހަމަލާ ގޯލަށް ފޮނުވާލައި މެޗްގެ ނަތީޖާ 76 ވަނަ މިނެޓްތެރޭގައި ހަމަ ހަމަ ކޮށްފައެވެ. ނިލަންދޫޓީމަށް އެގޯލް ކާމިޔާބު ކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ތޮށީނީއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ސްކޯއަކީ 2-2 އެކެވެ. މެޗްގެ އިތުރު ވަގުތުގައި ނިލަންދޫ މޮޅުވި ގޯލް ފެނިގެން ދިޔައީ މެޗް ނިމެން ސިކުންތުކޮޅަކަށް ވެފައި އޮއްވައެވެ.
ދިރާގް ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓެވެ. މިމެޗް ފަށާނީ މިރޭ 21:00 ގައެވެ.
DPL2019-20 F.Nilandhoo Foakaidhoo Sports Club