News

ޔޫވީ އިން ފަހަތުން އަރައި އީގަލްސް މޮޅުވިޔަ ނުދީ ހިފަހައްޓައިފި

18 ސެޕްޓެމްބަރު 2019






ދިރާގް ދިވެހި ޕްރިމިއަރ ލީގްގައި މިއަދު ހަވީރު ބައްދަލު ކުރީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީއެވެ. މި މެޗް ނިމުނީ 4-4 ގެ ނަތީޖާއަކުން ދެޓީމް އެއްވަރު ވެގެންނެވެ. 

މެޗްފެށިގެން މާގިނަ އިރުތަކެއްނުވެ އީގަލްސް އިން ވަނީ ގޯލެއް ކާމިޔާބު ކޮށް މެޗުގެ ލީޑް ނަގާފައެވެ. ފުރަތަމަ ހާފް އީގަލްސް އިން ނިންމާލީ 3-0 ގެ ބޮޑު ލީޑަކާއި އެކުއެވެ. ފުރަތަމަ ހާފުގައި ޔޫވީގެ މެދުތެރެއާއި ޑިފެންސްލައިންގެ ގިނަ ގޯސްތަކެއް ހެދުމުގެ ނަތީޖާއަކަށްވީ އީގަލްސް އިން ފުރަތަމަ ހާފްގެ ކޮންޓްރޯލްނަގައި ބޮޑު ލީޑަކާއި އެކު ފުރަތަމަ ހާފް ނިންމާލުމެވެ. 

ނަމަވެސް ދެވަނަ ހާފްގައި ޔުނައިޓެޑް ވިކްޓްރީއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސިލިޗް ކްރިލޯ އެވެ. ޔޫވީގެ ދެވަނަ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖެހިގޯލެކެވެ. ދެވަނަ ހާފްގައި ޔޫވީއިން 4 ލަނޑު ކާމިޔާބު ކުރި އިރު އީގަލްސް އަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. އީގަލްސްގެ ރިޒޭ އަދި ސެންޓޭ ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. 

ދެވަނަ ހާފްގައި ޔޫވީން ވަނީ މެޗް ކޮންޓްރޯލްކޮށް މޮޅުކުޅުމެއް ދައްކާފައެވެ. ލީގުގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ އަދި ތިންވަނައިގައި އޮތް ދަ ގްރާންޑޭއެވެ. މި މެޗް ފަށާނީ މިރޭ 21:00 ގައެވެ.

Club Eagles DPL2019-20 United Victory

Leave a Comment:

Comments will be published after moderation.