News

ސާފް ސުޒުކީ ކަޕް އަންނަ އަހަރުވެސް ބަންގްލަދޭޝްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި

18 ސެޕްޓެމްބަރު 2019






ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ސުޒުކީ ކަޕް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމައިފި އެވެ.

ދެ އަހަރުން އެއް އަހަރު ބާއްވާ ސާފް މުބާރާތް މިދިޔަ އަހަރުވެސް ބާއްވާފައިވަނީ ބަންގްލަދޭޝްގައެވެ. އަންނަ އަހަރުގެ މުބާރާތްވެސް ބަންގްލަދޭޝްގައި ބާއްވަން ނިންމީ އެ ގައުމުގެ ފުރަތަމަ ރައީސް ޝެއިޚް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްވާ 100 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް އަންނަ އަހަރު ކުޅިވަރުގެ ހަރަކާތްތައް އެގައުމުގައި ބޭއްވުމަށް އެދިފައިމުންނެވެ. 

މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޓީމުން ހޯދާފައިވަނީ ފައިނަލް މެޗުގައި ވަރުގަދަ އިންޑިއާ ބަލިކުރުމަށްފަހު އެވެ. މީގެ ކުރިން މި މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތް ބާއްވާފައިވަނީ ރާއްޖެ އާއި ސްރީލަންކާގައެވެ.

މި މުބާރާތުގެ އިތުރުން އަންނަ އަހަރު ބާއްވާ އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައި ވަނީ ބަނގްލަދޭޝްގައެވެ.

ސާފް ފުޓުބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިއާއެވެ. އިންޑިއާއިން މި މުބާރާތް 6 ފަހަރު ކާމިޔާބުކޮށްފައިވާއިރު، ބަންގްލަދޭޝް އަދި އަފްޣަނިސްތާން ވަނީ، ކޮންމެ ގައުމެއް އެއް ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

Maldives National Team

Leave a Comment:

Comments will be published after moderation.