News
ސެންޓޭ އާއި ރިޒޭގެ ޖޫރިމަނާ ފައިސާ ދައްކައިފި
18 ސެޕްޓެމްބަރު 2019
ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނުދިއުމުން އެފްއޭއެމުން ޖޫރިމަނާކުރި އީގަލްސްގެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ގެ ޖޫރިމަނާ ފައިސާ ކްލަބުން ދައްކައިދީފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނުދިއުމުން އެފްއޭއެމުން އެމައްސަލަ ބެލުމަށް ފަހު ރިޒޭ އާއި ސެންޓޭ ޖޫރިމަނާކުރީ ކޮންމެ ކުޅުންތެރިޔަކު 50،000ރ ގެ މަގުންނެވެ. އަދި އެ ފައިސާ ދެއްކުމުގެ ކުރިން އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި އެ ދެ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެހެންކަމުން މިއަދު ހަވީރު ޕްރިމިއަރ ލީގުގައި އީގަލްސް ކުޅޭމެޗުގައި މިދެކުޅުންތެރިން ފެންނާނެއެވެ.
ސެންޓޭ އާއި ރިޒޭގެ ޖޫރިމަނާ ފައިސާ ކްލަބުން ދައްކައިދީފައިވާ ކަމަށާއި އެ ފައިސާ ދައްކައިދިނީ ކުޅުންތެރިން މުސާރައިން ކެނޑޭ ގޮތަށެވެ.
ލީގުގެ ތިން ވަނައިގައި އޮތް އީގަލްސް މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ ދެ ވަަނަ އަށް އެރޭނެ އެވެ. މިއަދުގެ މެޗު ފަށާނީ ހަވީރު ހަތަރެއް ޖަހާއިރު އެވެ.
ފޮޓޯ: މިހާރު
Club Eagles DPL2019-20