News

އަންނަ ސީޒަނަށް ހުޒާންޓެ އާއި ކާއްޓެ ގެނެސް ޕޮލިސް ކްލަބް ވަރުގަދަކޮށްފި

15 ސެޕްޓެމްބަރު 2019






އަންނަ އަހަރުގެ ވޮލީ ސީޒަނަށް ރާއްޖޭގައި މިހާރު ތިބި އެންމެ މޮޅު ދެފިރިހެން ވޮލީ ކުޅުންތެރިން ކަމަށްވާ އަލީ ހުޒާމް( ހުޒާންޓެ) އާއި އިސްމާއިލް ސާޖިދު(ކުޑަކާއްޓެ) ޕޮލިސް ކްލަބާއި ގުޅިއްޖެއެވެ. 

ނިމިދިޔައަހަރު މިހާރު ސްޕޯޓްސް އިން ހޮވި އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ ގެ މަގާމު ހޯދާފައިވަނީ ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އަލީ ހުޒާމް އެވެ. އަދި 3 ވަނަ ހޯދާފައި ވަނީ އިސްމާއިލް ސާޖިދުއެވެ. މި ދެކުޅުންތެރިން ޓީމާއި ގުޅުނުކަން ޕޮލިސްޓީމުންވަނީ އިއުލާން ކޮށްފައެވެ. 

އިންޑޯވޮލީ އާއި ދުވަސްކޮޅަކު ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޑަކާއްޓެވަނީ ގައުމީ ޓީމަށް މޮޅުކުޅުމެއް ކުޅެދީފައެވެ. ހުޒާންޓެ އަށް ބަލާއިރު މިދިޔަ އަހަރު ގައުމީޓީމަށް މޮޅު ކުޅުމެއްދައްކައި ހުޒާންޓެވަނީ ގައުމީ ޓީމުގެ ކެޕްޓަންކަން ހޯދާފައެވެ. 

މިދެ ކުޅުންތެރިންނަކީ ވޮލީގައި މިހާރު ކުޅުމަށާއި އަދި އަޚްލާގަށް ބެލި ކަމުގައި ވިޔަސް އެންމެ ރަނގަޅު ދެކުޅުންތެރިންނެވެ. 

 

 

Volleyball

Leave a Comment:

Comments will be published after moderation.