News

12 އަހަރުންދަށުގެ ލީގް: ޓީސީ އިން ހުޅުމާލެ ޔޫތު 12-1 އިން ބަލިކޮށްފި

15 ސެޕްޓެމްބަރު 2019






ފުޓުބޯޅަ އެސޯސިއޭޝަންގެ 12 އަހަރުން ދަށުގެ ލީގައި އިއްޔެ ކުޅުނު ދެވަނަ މެޗު ހުޅުމާލެ ޔޫތު ބަލިކޮށް ޓީސީގެ ފެށުން ރަނގަޅުކޮށްފިއެވެ.

އިއްޔެ ހަވީރު އެފްއޭއެމްގެ ޓާރފް ދަނޑުގައި ހަވީރު 16:00 ގައި ކުޅުނު މެޗުން ޓީސީ މޮޅުވީ 12-01 ގެ ނަތީޖާ އަކުންނެވެ. މިމެޗްގައި ޓީސީގެ އީތަން އިބްރާހިމް ޒަކީ (ޖަރޒީންބަރ10) ވަނީ 4 ގޯލް ކާމިޔާބު ކޮށްފައެވެ. އަހްމަދު ހަމްދޫން އަޒްލީން ޓީސީ އަށް 2 ގޯލް ކާމިޔާބު ކުރިއިރު ބާކީ ގޯލްތައް ކާމިޔާބުކުރީ ދާނިޔަލް މުހައްމަދު ދީދީ އާއި މުހައްމަދު އިލަން އިމްރާން އާއި އަހްމަދު މިކިޔަލް މުއީން އާއި އަހްމަދު ލައިތް އައްބާސް އަދި މުހައްމަދު ނައިސަމް ނަދީމެވެ. މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ގޯލް ކާމިޔާބު ކޮށްދީފައެވެ. 

ޓިސީ އިން ފުރަތަމަ ހާފް ނިންމާލީ 7-0  ގެ ބޮޑު ލީޑެއްގައި އޮވެގެންނެވެ. ހުޅުމާލެ ޔޫތުން ޖެހި ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްފައިވަނީ އާދަމް މައިޝާން މުހައްމަދުއެވެ. 

12 އަހަރާއި 14 އަހަރުންދަށުގެ ލީގު ކުރިޔަށްދާއިރު މި މުބާރާތަށް އެކަޑަމީތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ބައެއް އެކަޑަމީ ތަކުން ވަނީ ރާއްޖެއިން ބޭރުގައި ފަރިތަކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް މުބާރާތްތަކުގައި ވެސް އެކަޑަމީތަކުން ވަނީ ވާދަކޮށްފައެވެ. މި މުބާރާތް ކުރިޔަށްދަނީ އެފްއޭއެމްގެ މަމެންޓާފް ދަނޑުގައެވެ.

U-12 Youth League

Leave a Comment:

Comments will be published after moderation.