News
12 އަހަރުންދަށުގެ ލީގް: ހުޅުމާލެ ސްޕޯޓްސް ސްކޫލް އަތުން އީގަލްސް ބަލިވެއްޖެ
15 ސެޕްޓެމްބަރު 2019
ފުޓުބޯޅަ އެސޯސިއޭޝަން 12 އަހަރުން ދަށުގެ ލީގް އިއްޔެ ކުޅުނު ފުރަތަމަ މެޗުން 6-0 ގެ ނަތީޖާއަކުން ހުޅުމާލެ ސްޕޯޓްސް ސްކޫލް މޮޅުވެއްޖެއެވެ.
އެކަޑަމީތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި އިއްޔެ ވަނީ ތިންމެޗް ކުޅެފައެވެ. މި މެޗްގައި ހުޅުމާލެ ސްޕޯޓްސް ސްކޫލުގެ ޖަރޒީ ނަންބަރ 09 އަހްމަދު އަކްމަލް ނިޒާމް ވަނީ ހެޓްރިކް ހަދާފައެވެ. އަނެއް ތިން ގޯލް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ދިނާޖް އަހްމަދާއި ރިފުއާން އަލީ އަހްމަދުގެ އިތުރުން މުހައްމަދު އައިހަމް އިބްރާހިމް އެވެ. ފުރަތަމަ ހާފު ހުޅުމާލެ ސްޕޯޓްސް ސްކޫލުން ނިންމާލީ 5-0ގެ ބޮޑު ލީޑަކާއި އެކު އެވެ. ފަހު ހާފުގައި އެޓީމަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޯލެކެވެ.
12 އަހަރާއި 14 އަހަރުންދަށުގެ ލީގު ކުރިޔަށްދާއިރު މި މުބާރާތަށް އެކަޑަމީތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން ބައެއް އެކަޑަމީ ތަކުން ވަނީ ރާއްޖެއިން ބޭރުގައި ފަރިތަކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގެ ބައެއް މުބާރާތްތަކުގައި ވެސް އެކަޑަމީތަކުން ވަނީ ވާދަކޮށްފައެވެ. އެގޮތުން ހުޅުމާލެ ސްޕޯޓްސް ސުކޫލުން ވަނީ މި މުބާރާތުގެ ކުރިން ރާއްޖެއިން ބޭރުގައި އޮތް މުބާރާތެއްގައިވެސް ވާދަކޮށްފައެވެ.
މި މުބާރާތް ކުރިޔަށްދަނީ އެފްއޭއެމްގެ ޓަރފް ދަނޑުގައެވެ.
U-12 Youth League