News

އެމްއެންޔޫއެސްޔޫ ފުޓްސަލްފިއެސްޓަރ: އެފްއެލްއައިއެސް އާއި ސައިރެކްސްގެ އިތުރުން ކްލިކް އަދި މެޕްސް މޮޅުވެއްޖެ

14 ސެޕްޓެމްބަރު 2019






ގައުމީ ޔުނިވަރސިޓީގެ ސުޓޫޑަންޓް ޔޫނިއަން(އެމްޑަބްލިޔު އެމްއެންޔޫއެސްޔޫ) ފުޓްސަލް ފިއެސްޓަރ2019ގައި ރޭ ކުޅުނު މެޗް ތަކުން އެފްއެލްއައިއެސް އާއި ސައިރެކްސްގެ އިތުރުން ކްލިކް އަދި މެޕްސް ކޮލެޖް މޮޅުވެއްޖެއެވެ. 

މި މުބާރާތުގައި ރޭ އަންހެން އެއް މެޗް އަދި ފިރިހެން 3 މެޗާއި އެކު މުޅިއެކު 4 މެޗް ވަނީ ކުޅެފައެވެ. އަންހެން މެޗްގައި ބައްދަލުކުރީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެވެ. މި މެޗް 1-0 އަކުން ކާމިޔާބު ކުރީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރު 13 ޝައުފާ އިބްރާހިމްއެވެ. 

ފިރިހެން ބައިގެ ރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ސައިރެކްސް ކޮލޮޖާއި ފެކަލްޓީ އޮފް އާރޓްސް އެވެ. މި މެޗް 12-02ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ސައިރެކްސް ކޮލެޖްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސައިރެކްސް ކޮލެޖްގެ ޖަރޒީ ނަންބަރ11 އިސްމާއިލް މަމްދޫހުއެވެ. 

ދެވަނަ މެޗްގައި ބައްދަލުކުރީ ކްލިކް ކޮލެޖްޖާއި ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީއެވެ. ކްލިކް ކޮލެޖް މި މެޗް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރ 02 އިބްރާހިމް ހަސީބުއެވެ. 

ތިންވަނަ މެޗްގައި ވިލާ ކޮލެޖްގެ މައްޗައް މެޕްސް ކޮލެޖުން 5-2 ގެ ނަތީޖާއަކުން މޮޅުވެ، މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ މެޕްސް ކޮލެޖްގެ ޖަރޒީ ނަންބަރ 11 މުހައްމަދު ރިޝްފާން އެވެ. 

މި މުބާރާތުގައި އަންހެން 12 ޓީމް ބައިވެރި ވެފައިވާއިރު ފިރިހެން 15 ޓީމް ބައިވެރި ވެފައިވެއެވެ. އަންހެން ބައި 4 ގުރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ 3 ޓީމެވެ. ފިރިހެން ބައި 4 ގުރޫޕަކަށް ބަހާލާފައިވާއިރު 3 ގްރޫޕްގައި 4 ޓީމް ހިމެނޭއިރު އަނެއް ގްރޫޕްގައި ހިމެނެނީ 3 ޓީމެވެ. 

މިމަހުގެ 12 އިން 27 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ މެޗްތައް ހަވީރާއި ރޭގަނޑުވެސް ކުރިޔަށް ދާނެއެވެ. 

 

 

 

 

 

 



Leave a Comment:

Comments will be published after moderation.