News

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓަރ2019 ރޭ ފަށައިފި

13 ސެޕްޓެމްބަރު 2019






ގައުމީ ޔުނިވަރސިޓީގެ ސުޓޫޑަންޓް ޔޫނިއަން(އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ކޮލެޖް ޔުނިވަރސިޓީތަކަށް ހުޅުވާލައިގެން ބާއްވާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓަރ2019 ރޭ ފަށައިފިއެވެ.

މި މުބާރާތުގައި ރޭ އަންހެން 4 މެޗާއި ފިރިހެން 4 މެޗާއި އެކު މުޅިއެކު 8 މެޗް ވަނީ ކުޅެފައެވެ. އަންހެން ބައިގެ ގްރޫޕް1ގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އާއި ސައިރެކްސް ކޮލެޖް އެވެ. މި މެޗް 4-2 އަކުން ކާމިޔާބު ކުރީ ސައިރެކްސް ކޮލެޖެއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރު 05 މަރިޔަމް ވަފާއެވެ. 

އަންހެން ބައިގެ ގްރޫޕް2ގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ މެޕްސް ކޮލެޖާއި ފެކަލްޓީ އޮފް ހެލްތް ސައިންސެސް އެވެ. މި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސެސްގެ ޖަރޒީ ނަންބަރ11 ޒިޔާދާ މުހައްމަދުއެވެ. 

އަންހެން ބައިގެ ގްރޫޕް3ގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ އެމްއެންޔޫ ބިޒްނަސް ސުކޫލާއި އެމްއި ކޮލެޖް އެވެ. އެމްއައި ކޮލެޖް މި މެޗް ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރ 06 އާމިނަތު ޝާމިލާއެވެ. 

އަންހެން ބައިގެ ގްރޫޕް4ގެ ފުރަތަމަ މެޗްގައި އަދި ރޭގެ 6 ވަނަ މެޗްގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މައްޗަށް ވިލާ ކޮލެޖްގެ އަންހެން ޓީމް ކާމިޔާބު ކޮށް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ވިލާ ކޮލެޖްގެ ޖަރޒީ ނަންބަރ 07 އައިޝަތު އީމާން މުހައްމަދު ނަޒީމް އެވެ. 

ރޭގައި ކުޅުނު ފިރިހެން ބައިގެ މެޗްތަކަށް ބަލާލާއިރު، ގްރޫޕް1ގެ ފުރަތަމަ މެޗް 6-0 ގެ ބޮޑު ތަފާތަކުން ސެންޓަރފޯރ ފައުންޑޭޝަން ސްޓަޑީޒްގެ މައްޗައް ކުރި ހޯދީ އެމްއައި ކޮލެޖްގެ ފިރިހެންޓީމެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރ 05 ގާސިމް ސަމާމްއެވެ.

ދެން ކުޅުނު ގްރޫޕް2ގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ މޯލްޑިވްސް ޕޮލިޓެކްނިކާއި ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އާއި މޯލްޑިވްސް ޕޮލިޓެކްނިކްއެވެ. މިމެޗް 3-2 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރ 09 އަހްމަދު ހުނައިފްއެވެ.

ރޭ ކުޅުނު ގްރޫޕް3ގެ ފުރަތަމަ މެޗްގައި ބައްދަލުކުރި މެޗް 9-0 ގެ ބޮޑުތަފާތަކުން މިމެޗް މިޔާބު ކުރީ އެވިޑް ކޮލެޖެވެ އެވިޑް މި މެޗް ކާމިޔާބު ކުރީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އާއި ވާދަކޮށްގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރ 09 ރިހާމް އަބްދުލް ޣަނީ އެވެ.

ފިރިހެން ބައިގެ ގްރޫޕް4ގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ އެމްއެންޔޫ ބިޒްނަސް ސުކޫލާއި މޯލްޑިވްސް ބިޒްނަސް ސްކޫލެވެ. މޯލްޑިވްސް ބިޒްނަސް ސްކޫލް މި މެޗް ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޖަރޒީ ނަންބަރ 12 އަލީ ޝިޔާޙް އެވެ. 

މި މުބާރާތުގައި އަންހެން 12 ޓީމް ބައިވެރި ވެފައިވާއިރު ފިރިހެން 15 ޓީމް ބައިވެރި ވެފައިވެއެވެ. އަންހެން ބައި 4 ގުރޫޕަކަށް ބަހާލާފައިވާއިރު ކޮންމެ ގްރޫޕެއްގައިވެސް ހިމެނެނީ 3 ޓީމެވެ. ފިރިހެން ބައި 4 ގުރޫޕަކަށް ބަހާލާފައިވާއިރު 3 ގްރޫޕްގައި 4 ޓީމް ހިމެނޭއިރު އަނެއް ގްރޫޕްގައި ހިމެނެނީ 3 ޓީމެވެ. 

މިމަހުގެ 12 އިން 27 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގެ މެޗްތައް މިއަދު ހަވީރާއި ރޭގަނޑުވެސް ކުރިޔަށް ދާނެއެވެ. 

 

 

 

 

 

 



Leave a Comment:

Comments will be published after moderation.