News

19 އަހަރުން ދަށުގެ ޓީމް ގަތަރުގައި ކޭމްޕް ކޮށްފި

12 ސެޕްޓެމްބަރު 2019






ކުރިޔަށްއޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމް ގަތަރުގައި އިއްޔެ ކޭމްޕް ކޮށްފިއެވެ. 

މި ޓީމްގައި ހިމެނެނީ 23 ކުޅުންތެރިންނާއި 6 އޮފިޝަލުން ނެވެ. މިޓީމުގެ ހެޑް ކޯޗަކީ ރާއްޖޭގެ ހަމަ އެކަނި ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝާޒްލީ(ޝާޒް)އެވެ. އަދި އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހިމެނެނީ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ ފަރީދު އާއި އާފިއުއެވެ. މި ޓީމުގައި ރާއްޖޭގެ ފަސްޓް ޑިވިޝަނަށް ކުޅޭ ގިނަ ކުޅުންތެރިން ހިމެނެއެވެ. އަދި ގައުމީ ސީނިއަރ ޓީމުގެ ޒުވާން ކުޅުންތެރިއެއްކަމަށްވާ ނަޒީމް (ޗޯޓު) ވެސް ޓީމުގައި ހިމެނެއެވެ. 

މިފަހަރުގެ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލާފައިވަނީ ނޭޕާލް، ބޫޓާން އަދި ޕާކިސްތާނާއެކު ގްރޫޕް އޭގަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމު ބޫޓާނާ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ޓީމު ބައްދަލުކުރާނީ ޕާކިސްތާނާ އެވެ. ކޮންމެ ގްރޫޕެއްގެވެސް އެންމެ މޮޅު ދެ ޓީމު ސެމީއަށް ދަތުރުކުރާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

ޓްވާޑްސް ފިއުޗަގެ ދަށުން އެފްއޭއެމް އިން ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ދަނީ ގިނަ މަސައްކަތް ތަކެއް ކުރުމުންނެވެ. އެގޮތުން 16 އަހަރުން ދަށުގެ ގައުމީ ޓީމެއްގެ އިތުރުން 19 ދަށުގެ ޓީމަށް ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ދަނީ ބައިވެރި ކުރަމުންނެވެ. 

U-19

Leave a Comment:

Comments will be published after moderation.