News

ރާއްޖޭގައި އެޅޭ އެންމެ މަތީ ފެންވަރުގެ ދަނޑު ބ.އޭދަފުށީގައި

24 ޖެނުއަރީ 2019






ރާއްޖޭގައި މިހާތަނަށް އެޅިގެންދާން އެންމެ ފެންވަރު ރަނގަޅު ދަނޑުގެ މަސައްކަތް ބ.އޭދަފުށިގައި ބާރު ދުވެލީގައި މިހާރު ކުރިއަށް އެބަދެއެވެ. މިއީ އެރަށުގެ ރައްޔިތެއް ކަމަށްވާ އަހްމަދު ނަޒީރު (ކްރައުން ނަޒީރު) ހަރަދުކޮށް އަމިއްލަ ގޮތުން އަޅައިދޭ ދަނޑެކެވެ.

މިމަސައަކަތް ކުރިއަށް ގެންދިޔުމާއި ހަވާލުވެ ހުންނެވި ބޭފުޅެއް ވިދާޅުވި ގޮތުގައި މިދަނޑަކީ އޭ.އެފް.ސީ އަދި ފީފާގެ މިންގަނޑުތަކަށް ފެތޭ ފެންވަރުގެ ދަނޑެކެވެ. އަދި މިދަނޑުގައި އެޅޭ ޓަރފްއަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ޓަރފް ދުނިޔޭގައި ހަދާ 7 ކުންފުނީގެ ތެރެއިން އެއް ކުނފުނި ކަމަށްވާ ލިމޮންޓާ ސްޕޯޓްސް އެސް.ޕީ.އޭ އިންނެވެ. މިދަނޑުގައި އެޅިގެންދާނީ މިކުންފުނިން އުފައްދާ އެސްޕީމެކްސް45 ގެ ޓަރފެކެވެ.

މިއީ ރާއްޖޭގައި ބިމުގެ ފަސްހަރުކޮށްގެން އާންމުކޮށް އަޅާ ދަނޑުތަކާއި ބަލާފައި ވަރަށް ތަފާތުކޮށް އެޅިގެންދާނެ ދަނޑެކެވެ. އެގޮތުން ބިން ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅާ ބިން އެއްވަރު ކުރެވިގެންދާނެ އެވެ. އަދި އޭގެ މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ފެން ނުވަންނަ ފަށަލަ އެއް ނުވަތަ ވޯޓަރ ޕްރޫފް މެމްބްރޭންއެއް އެޅޭނެއެވެ. އަދި އޭގެ މަތީ ޝޮކްޑްރެއިން ނިޒާމު ގާއިމުކުރެވިގެންދާނެއެވެ. މި ނިޒާމަކީ އާންމުކޮށް ބިމުގެ ފަސްހަރުކޮށްގެން އެޅޭ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށް ދޭނެ ނިޒާމެކެވެ. ނަމަވެސް މި ނިޒާމުގެ މައި މަގްސަދަކީ ދަނޑުގެ އަޑިއަށް ފެން ދިޔަނުދީ، ވަށައިގެން ހެދޭ ކާނުގަނޑުތަކަށް ފެނދާނެގޮތް ހެދުމެވެ. މިކަމުގެ ވާރޭ ވެހުނަސް ދަނޑު ޗަކަ ނުވެ ކުޅުންތެރިންނަށް އެކުޅުންތެރިންގެ ހުނަރު އެއްވެސް ހުރަހަކާނުލާ ވާރޭގައިވެސް ދައްކާލެވޭނެއެވެ. 114x79 އަކަމީޓަރގެ މިދަނޑު ނިމިގެންދާއިރު ލެޑް ލައިޓިންގ ސިސްޓަމެއްވެސް ހުންނާނީ ގާއިމްކުރެވިފައެވެ.

ބ.އަތޮޅުގެ ފުޓުބޯޅައިގެ މައި މަރުކަޒުގެ ގޮތުގައި ތަރައްޤީ ކުރެވެމުން އަންނަ އޭދަފުއްޓަށް މިދަނޑުގެ ސަބަބުން ގިނަ ފުރުސަތުތައް ފަހިވެ އެތައް ފަސޭހަތަކެއް ވެގެންދާނެއެވެ. އެ އަތޮޅަކީ ޤައުމީ ފެންވަރުގައި ވިދާ ކުޅުންތެރިން އުފައްދަމުން އަންނަ އަތޮޅެކެވެ. އެގޮތުން މުހައްމަދު ޖަމީލް (ޖަމްބޭ) އާއި ސާފް ސުޒުކީ ކަޕްގައި ރާއްޖެއަށް މިދިޔަ އަހަރު ތަށި ޔަޤީންކޮށްދިން ލަނޑުޖަހައިދިން އެ މެޗުގެ ބޮޑު ބައެއްގައި ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރި އަލީ ފާސިރު (ސެންޓޭ) ހިމެނެއެވެ. އޭދަފުށީގައި ސީ ލެވެލ ގެ ކޯޗިންގ ކޯހެއް ވަނީ އެފް.އޭ.އެމް އިން ވަރަށް ފަހުން ހިންގާފައެވެ. އަދި އެއަތޮޅުގައި ފުޓުބޯޅަ އެކެޑަމީއެއް ގާއިމު ކުރެމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މިދަނޑަކީ ދިވެހި ޕްރިމިއަރ ލީގު އަދި ޤައުމީ ފެންވަރުގެ މެޗުތަށް ކުޅެވިގެންދާނެ ފެންވަރަށް އެޅިގެންދާ ދަނޑެކެވެ. އިންޓަރސްކޫލް މުބާރާތްތައް ފަދަ ވާދަވެރި މުބާރާތްތައް ބޭއްވުމަށް މިދަނޑުގެ ބޭނުން ހިފިގެންދާނެއެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ އޭދަފުށީގެ ޓީމް ޕްރިމިއަރ ލީގާއި ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރާކަމެވެ. މީގެ އިތުރުން އިންޓަރސްކޫލް 18 އަހަރުން ދަށުގެ މުބާރާތުގެ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމްވަނީ ވާދަ ކޮށްފައެވެ.

 ފެބުރުއަރީގައި ނިންމާލުމަށް ތައްޔާރުވަމުން އަންނަ މިދަނޑަކީ ފުޓުބޯޅައިގެ ލޯބި ޤައުމުގައި އަލުން އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދާ ބޮޅެކެވެ.

ފޮޓޯ: ފޭސްބުކް/ މުހައްމަދު އަަސްޒަމް

Dhivehi Premier League Eydhafushi Football Team FAM U-21 Youth Championship Inter School Football Towards Future

Leave a Comment:

Comments will be published after moderation.