News
14 އަހަރުން ދަށުގެ ލީގުގައި އިއްޔެގެ މެޗްތަކުން އީގަލްސް އާއި މާޒިޔާ މޮޅުވެއްޖެ
8 ސެޕްޓެމްބަރު 2019
އެފްއޭއެމް އިން ޒުވާން ކުޅުންތެރިން އުފެއްދުމަށްޓަކައި ކުރިޔަށް ގެންދާ ދިރާގް ޔޫތު ލީގް 14 އަހަރުން ދަށުގެ ލީގުގައި އިއްޔެ ކުޅުނު މެޗްތަކުން އީގަލްސް ފުޓުބޯޅަ އެކަޑަމީ އާއި މާޒިޔާ ފުޓުބޯޅަ އެކަޑަމީ މޮޅުވެއްޖެއެވެ.
އެފްއޭއެމްގެ ޓާފް ދަނޑުގައި އިއްޔެ 19:00 ގައި ކުޅުން ފުރަތަމަ މެޗްގައި ބައްދަލުކުރީ އީގަލްސް އެފްއޭ އާއި ހުޅުމާލެ އެފްއޭ އެވެ. މި މެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އީގަލްސް އެފްއޭއެވެ.
މި މުބާރާތުގައި އިއްޔެ ބައްދަލު ކުރި ދެވަނަ މެޗްގައި ބައްދަލުކުރީ މާޒިޔާ އެކަޑަމީގެ ޓީމާއި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އެކަޑަމީ ޓީމެވެ. މި މެޗް ނިމުނީ 9 ލަނޑު ސުން ލަންޑުންނެވެ. މި މެޗްގައި މާޒިޔާގެ ޓީމް ވަނީ މޮޅު ކުޅުމެއްދައްކައިފައެވެ.
ދިރާގް ޔޫތު ލީގް 14 އަހަރުން ދަށުގެ ލީގަކީ އެކަޑަމީ ތަކަށް ހުޅުވާލައިގެން ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި ކުޅުންތެރިންނަށް މުބާރާތް ތައް ކުޅުމުގެ ތަޖުރިބާ ކުޅުންތެރިންނަށް ޅައުމުގައި ހޯދައި ދިނުމަށްޓަކައި ކުރިޔަށް ގެންދާ މުބާރާތެކެވެ.
U-14 Youth League