News
އެފްއޭއެމް "ޑީ" ސެޓްފިކެޓް ކޯޗިން ކޯހެއް ނ. ވެލިދޫގައި ބާއްވައިފި
8 ސެޕްޓެމްބަރު 2019
ނ. ވެލިދޫ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޔަންގް ވިސްޑަމް އާއި ފުޓުބޯޅަ އެސޯސިއޭޝަން ގުޅިގެން "ޑީ" ސެޓްފިކެޓް ކޯޗިން ކޯހެއް ނ. ވެލިދޫގައި ބާއްވައިފިއެވެ.
މިކޯސް ބާއްވާފައިވަނީ 14 ބައިވެރިންނާއި އެކު މި މަހުގެ 5 އިން 7 ގެ ނިޔަލަށެވެ. މިކޯހުގައި ވެލިދޫގެ 12 މީހުން ބައިވެރި ވެފައިވާއިރު އެ އަތޮޅުގެ 2 ރަށަކުން 2 މީހުން ވަނީ ބައިވެރިވެފައެވެ.
ޕްރެކްޓިކަލް އާއި ތިއަރީ ދެބައި ހިމެނޭގޮތަށް ކުރިޔަށް ގެންދިޔަ މިކޯހުގައި ކިޔަވައިދެއްވައިފައިވަނީ އެފްއޭއެމްގެ އިންސްޓްރަކްޓަރ މުހައްމަދު ޝާހިދު އެވެ.
" މިކޯހުން ފުޓުބޯޅައިގެ ބެއިސިކް ކަންތައްތައް އެނގިގެންދާނެ" ޝާހިދު ވިދާޅުވިއެވެ.
ރައްރަށުުގެ އަމިއްލަ ޖަމިއްޔާ ތަކާއި ގުޅިގެން އެފްއޭއެމް އިން އަންނަނީ މިފަދަ ކޯސްތައް އެކި ސަރަހައްދުތަކުގައި ބާއްވަމުންނެވެ.