News

ވަރަށް އުފާވެރި ދުވަހެއް: ކީޕަރ އިންމަ

8 ސެޕްޓެމްބަރު 2019






މިއަދަކީ ވަރަށް އުފާވެރި ދުވަހެއްކަމަށާއި، އަލީ އަޝަފާގާއި އެކު ދިވެހި ފުޓުބޯޅަ ޓީމަށް ވަރަށް ފޮނި ކާމިޔާބީ އަކަށް އެދޭކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފިއެވެ. 

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ގައުމީޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް އަލުން ގައުމީޓީމުގައި ހިމެނުމާއި ގުޅިގެން، މީގެ އިރުކޮޅެއްކުރިން އިންމަގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި އޭނާ ވަނީ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމުގައި ހިމެނުމަށް އެފްއޭއެމް އިން ނިންމާފައިވާތީ އެކަމާ އުފާފާޅުކޮށް ޓީމަށް ކާމިޔާބަށް އެދިފައެވެ. ދަގަނޑޭއާއި އިންމަ އަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. 

ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީޓީމުގައި ހިމަނައި އޭނާ މިހާރު ވަނީ ޗައިނާ މެޗަށް، ރާއްޖޭގެ ގައުމީ ޓީމު ކޭމްޕުކުރަމުންދާ ހޮޓެލް ޖެންގައި ޓީމާއި ގުޅިފައެވެ. 

މިއީ 2017 ވަނަ އަހަރަށްފަހު ދަގަނޑޭ ގައުމީ ޓީމާއި ގުޅުނު ފުރަތަމަ ފަހަރެވެ. ދަގަނޑޭއަށް ފުރުސަތު ގެއްލުނީ ވޯލްޑްކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވިކަމަށް ބުނެއެވެ. ދަގަނޑޭއަކީ ވޭތުވެ ދިޔަ ދެއަހަރުވެސް ރާއްޖޭގެ މޮޅު ކުޅުންތެރިއާއެވެ. އެހެންކަމުން ގައުމީޓީމުގައި އޭނާ ނުހިމެނުމުން ސަޕޯޓަރުންގެ ނުރުހުންވަނީ އެފްއޭއެމްއާއި ކޯޗައް އަމާޒުވެފައެވެ. 

Maldives National Team

Leave a Comment:

Comments will be published after moderation.