News
އެފްއޭއެމް އިން ސަޕޯޓަރުންގެ އަޑުއަހައި ދަގަނޑޭ ގައުމީޓީމުގައި ހިމަނައިފި
7 ސެޕްޓެމްބަރު 2019
ވޯލްޑްކަޕް ކޮލިފައިންގައި އޭޝިއާގެ ގަދަބާރު ޗައިނާއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީޓީމުގައި ހިމަނައިފިއެވެ.
މިއީ 2017 ވަނަ އަހަރަށްފަހު ދަގަނޑޭ ގައުމީ ޓީމާއި ގުޅުނު ފުރަތަމަ ފަހަރެވެ. ދަގަނޑޭއަށް ފުރުސަތު ގެއްލުނީ ވޯލްޑްކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވިކަމަށް ބުނެއެވެ.
ދަގަނޑޭ މިހާރު ވަނީ ޗައިނާ މެޗަށް ރާއްޖޭގެ ގައުމީ ޓީމު ކޭމްޕުކުރަމުންދާ ހޮޓެލް ޖެންގައި ޓީމާއި ގުޅިފައެވެ.
ދަގަނޑޭއަކީ ވޭތުވެ ދިޔަ ދެއަހަރުވެސް ރާއްޖޭގެ މޮޅު ކުޅުންތެރިއާއެވެ. އެހެންކަމުން ގައުމީޓީމުގައި އޭނާ ނުހިމެނުމުން ސަޕޯޓަރުންގެ ނުރުހުންވަނީ އެފްއޭއެމްއާއި ކޯޗައް އަމާޒުވެފައެވެ.
Maldives National Team