News
ހަނިމާދޫގައި ވޮލީ ކޯޗިން ކޯހެއް ފަށަނީ
7 ސެޕްޓެމްބަރު 2019
އަންނަ އޮކްޓޯބަރ މަހު ފުރަތަމަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންސްޓިޓުޓް އޮފް ސްޕޯޓްސްއިން ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ ބޯލް ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ވޮލީ ބޯލް ކޯޗިން ކޯހުގައި ބައިވެރިވުމަށް ޝައިގުވެރިވާ ފަރާތްތަކުން މިމަހުގެ 9 ވަނަ ދުވަހުގެ 13:30 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ އާއި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަޢުލީމީ ސަޓިފިކެޓްތަކުގެ ކޮޕީ އަދި ކޯހުގައި ބައިވެރިވުމަށް އެދި ސިޓީއަކުން ހަނިމާދޫ ކައުންސިލްއަށް ހުށަހެޅުމަށް އެދިފައިވެއެވެ. އަދި ކޯހުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ބަލައި ނުގަނޭވޭނެ ކަމުގައިވެސް ބަޔާންކޮށްފައި ވެއެވެ.
ޖުމްލަ 30 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު އޮތް މި ކޯހުގައި ހަނިމާދޫއަށް ނިސްބަތްނުވާ ބޭފުޅުންނަށްވެސް ބައިވެރި ވެވޭނެ ކަމަށާއި އަދި މިކޯހުގައި ބައިވެރިވާ ރަށުންބޭރުގެ ފަރާތްތަކަށް ކޯހުގެ މުއްދަތުގައި ކެއުމާއި ހުރުމުގެ ޚަރަދު މޯލްޑިވްސް އިންސްޓިޓުޓް އޮފް ސްޕޯޓްސްއިން ހަމަޖައްސަވައިދެއްވާނެކަމަށް އިޢުލާންގައި ވެއެވެ.
Volleyball