News
ވެމްކޯ އަންހެން ވޮލީ ޓީމް ލަންކާ މުބާރާތުން 3 ވަނަ ހޯދައިފި
5 ސެޕްޓެމްބަރު 2019
ސްރީލަންކާގެ ނެޝަނަލް ޔޫތު ސާވިސް ކައުންސިލާއި ސްރީލަންކާގެ ވޮލީބޯލް ފެޑެރޭޝަންގެ އިތުރުން ސްރީލަންކާގެ ރުޕަވަހިނި ކޯޕަރޭޝަން ގުޅިގެން ބޭއްވި ޔޫތު މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ވެމްކޯގެ އަންހެން ޓީމް އެމުބާރާތުގެ 3 ވަނަ ހޯދައިފިއެވެ.
ވެމޮކޯޓީމުގެ ޓާގެޓަކީ ފައިނަލްގައި ކުޅުންކަމުގައި ވީނަމަވެސް މާ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ރިކަވަރީގެ މައްސަލަ ދިމާވެ، މެޗްތައް ތާވަލުކުރެވިފައިވާ ގޮތުން ދުވާލަކު ދެމެޗް ކުޅެން ޖެހުމުން އެޓާގެޓަށް ނުދެވުނުކަމުގައި ވެމްކޯޓީމުގެ ކޯޗް ވަނީ ބުނެފައެވެ.
އަދީލް ބުނީ ކޮންމެ މެޗަކަށް ޓީމް ސްޓޭޑިއަމަށް ދާން ޖެހެނީ ދޮޅު ގަޑިއިރުގެ ދަތުރެއް ކޮށްފައި ކަމަށާއި، ދުވާލަކު ދެމެޗު ކުޅެން ޖެހޭއިރު، ފުރަތަމަ މެޗަށްފަހު ދެވަނަ މެޗަށް ކުޅުންތެރިން ރިކަވާރީއަށް ލިބެނީ އެންމެ ދެގަޑިއިރު ކަމަށެވެ. މިއީ ރާއްޖެއިން ބޭރުގެ ކްލަބް ލެވެލް މުބާރާތެއްގައި ދިވެހި އަންހެން ޓީމެއް ބައިވެރިވި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ބައިވެރި ވެފައިވަނީ ރާއްޖޭގެ ގުޑީސް ފިރިހެން ޓީމްގެ އިތުރުން ވެމްކޯގެ އަންހެން ޓީމެއެވެ. 25 އަހަރުންދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި މި މުބާރާތުގައި ފޮރިން ދެކުޅުންތެރިންްނަށް ކުޅެވެއެވެ. ވެމްކޯޓީމުގެ ހެޑް ކޯޗަކީ އަހްމަދު އަދީލް(ބޭބެ) އެވެ. އަދި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އަހްމަދު ސޮފްވާންއެވެ.
Volleyball