News

ސްރީލަންކަން އާމީ ޓީމް ބަލިކޮށް ރާއްޖޭގެ ވެމްކޯޓީމް ލީގުގެ އެއްވަނައަށް

4 ސެޕްޓެމްބަރު 2019






ސްރީލަންކާގެ ނެޝަނަލް ޔޫތު ސާވިސް ކައުންސިލާއި ސްރީލަންކާގެ ވޮލީބޯލް ފެޑެރޭޝަންގެ އިތުރުން ސްރީލަންކާގެ ރުޕަވަހިނި ކޯޕަރޭޝަން ގުޅިގެން މިމަހުގެ 1 އިން 6 ގެ ނިޔަލަށް ބާއްވާ ޔޫތު މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ވެމްކޯގެ އަންހެން ޓީމް ކުޅުނު ތިން މެޗްގެ ތެރެއިން ދެމެޗުން މޮޅުވެ 7 ޕޮއިންޓާއިއެކު ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ. 

އަންހެން އަދި ފިރިހެން ހިމެނޭގޮތަށް ކުރިޔައްދާ ރުޕަވަހިނި ވޮލީބޯލް ޗެމްޕިއަންޝިޕްއިންގައި ވެމްކޯގެ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވީ ފަސް ސެޓަށް ގޮސްގެން 3-2 އަކުންނެވެ. ދެވަނަ މެޗްގައި ނެޝަނަލް ޔޫތު ސާވިސް ކައުންސިލްގެ މައްޗަށް ވެމްކޯ ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. 

ސްރީލަންކާގައި މިވަގުތު ތިބި އެންމެ މޮޅު ދެއެޓޭކަރުން ތިބި ސްރީލަންކަން އާމީ ޓީމާއި ދެކޮޅަށް ކުޅުނު ތިންވަނަ މެޗުން ވެސް ވެމްކޯ ވަނީ ހުނަރުވެރި ކުޅުމެއްކުޅެ 3-1 އިން ވަރުގަދަ އާމީ ޓީމް ބަލި ކޮށްފައެވެ. މި މުބާރާތުގައި މިހާތަނަށް ވެމްކޯއިން 3 މެޗް ކުޅެފައިވާއިރު 2 މެޗުން މޮޅުވެ އެއްމެޗު 5 ސެޓަށް ގޮސް 3-2 ދެސެޓުން ވަނީ ބަލިވެފައެވެ.

މި މުބާރާތުގައި ބައިވެރި ވެފައިވަނީ ރާއްޖޭގެ ގުޑީސް ފިރިހެން ޓީމްގެ އިތުރުން ވެމްކޯގެ އަންހެން ޓީމެއެވެ. 25 އަހަރުންދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ފޮރިން ދެކުޅުންތެރިންްނަށް ކުޅެވެއެވެ.މި މުބާރާތް ކުރިޔަށް ދާނީ މިސެޕްޓެމްބަރު މަހުގެ 1 އިން 6 އަށެވެ. ވެމްކޯޓީމުގެ ހެޑް ކޯޗަކީ އަހްމަދު އަދީލް(ބޭބެ) އެވެ. އަދި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އަހްމަދު ސޮފްވާންއެވެ.

Volleyball

Leave a Comment:

Comments will be published after moderation.