News
ޗޯޓު އަކީ ދެވަނަ ދަގަނޑޭ: ޝާޒް
3 ސެޕްޓެމްބަރު 2019
އުމުރުން އެންމެ 18 އަހަރުގައި ގައުމީޓީމުން ޖާގަ ހޯދި ފޯކައިދޫ ޓީމުގެ ފޯވަޑް ހަސަން ނަޒީމް (ޗޯޓް) އަކީ ރާއްޖޭގެ ދެވަނަ ދަގަނޑޭކަމަށް، 19 އަހަރުން ދަށުގެ ގައުމީޓީމްގެ ހެޑްކޯޗް އަދި ރާއްޖޭގައި ހުރި ހަމަ އެކަނި ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝާޒްލީ(ޝާޒް) ބުނެފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަންގެ ކޯޗާސް އެޑިޔުކޭޝަންގެ ހެޑް އަދި 19 އަހަރުންދަށުގެ ހެޑް ކޯޗް، ޗޯޓުއާއި ގުޅޭގޮތުން ސުވާލު ކޮށްލުމުން ބުނީ ޗޯޓު އާއި ދިމާވީ 19 އަހަރުން ދަށުގެ ގައުމީ ޓީމުންކަމަށެވެ. ޝާޒް ބުނީ ފުރަތަމަ ދިމާވި އިރުވެސް ޗޯޓު އަކީ ތަފާތު މޮޅު ކުޅުންތެރިއެކަމަށެވެ.
" ޗޯޓުއާއި ގުޅޭ ގޮތުން އެއްޗެއް ވަރަށް ކުރުކޮށް ބުނަންޏާ ބުނެވޭނީ އެއީ ހަމަ ދެވަނަ އަޝްފާގު. ވަރަށް ތަފާތު ވަރަށް މޮޅު ކުއްޖެއް" ޝާޒް ބުންޏެވެ.
ޗޯޓު ވަނީ ވޯލްޑްކަޕް ކޮލިފިކޭޝަންގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުން ޖާގަ ޖާގަ ހޯދާފައެވެ. އޭނާ އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިޔެކެވެ.
އާލީޓަޗް އެކެޑެމީ(އީޓީއެފްއޭ)ގެ ތެރެއިން ފުޓްބޯޅައިގެ ތެރެއަށް ނުކުތް ޗޯޓް ސީނިއާ ގައުމީ ޓީމުން ޖާގަ ހޯދީ މުޅިން އަލަށެވެ. އުމުރުން އެންމެ 18 އަހަރުގެ ޗޯޓް ވަނީ ނިމިދިޔަ އަހަރު ފޯކައިދޫ ޓީމަށް ޕްރިމިއަރ ލީގްގުގައި މޮޅު ކުޅުމެއްދައްކައިދީފައެވެ. ޗޯޓު އަކީ މިފަހަރު ގައުމީޓީމުގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާ ވެސް މެއެވެ.
ދިވެހިންގެ ކިންގް އަލީ އަޝްފާގް ރިޓަޔާ ވުމުގެ ކުރިން އެފަދަ އެހެން ދަގަނޑޭ އެއް ނުވަތަ އެއާއި ގާތްކުރާ ދަގަނޑޭ އެއް ފެނުމަކީ ދިވެހިންގެ އުއްމީދެކެވެ.
Foakaidhoo Sports Club