News

ރުޕަވަހިނި ވޮލީބޯލް މުބާރާތުގައި ވާދަކުރާ ވެމްކޯޓީމް ކުޅުނު ދެވަނަ މެޗުން މޮޅުވެއްޖެ

3 ސެޕްޓެމްބަރު 2019






ސްރީލަންކާގެ ނެޝަނަލް ޔޫތު ސާވިސް ކައުންސިލާއި ސްރީލަންކާގެ ވޮލީބޯލް ފެޑެރޭޝަންގެ އިތުރުން ސްރީލަންކާގެ ރުޕަވަހިނި ކޯޕަރޭޝަން ގުޅިގެން މިމަހުގެ 1 އިން 6 ގެ ނިޔަލަށް ބާއްވާ ޔޫތު މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ވެމްކޯގެ އަންހެން ޓީމް ކުޅުނު ދެވަނަ މެޗުން މޮޅުވެއްޖެއެވެ.

އަންހެން އަދި ފިރިހެން ހިމެނޭގޮތަށް ކުރިޔައްދާ ރުޕަވަހިނި ވޮލީބޯލް ޗެމްޕިއަންޝިޕްއިންގައި ވެމްކޯގެ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވީ ފަސް ސެޓަށް ގޮސްގެން 3-2 އަކުންނެވެ. ފުރަތަމަ މެޗުގައި އެޓީމުކުޅުނީ ބިދޭސީ ކުޅުންތެރިއަކާއި އެކުއެވެ.

ދެވަނަ މެޗްގައި 3-0 ގެ ނަތީޖާ އަކުން ވެމްކޯ މޮޅުވި އިރު އެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ވެމްކޯޓީމުގެ ޖަރޒީ ނަންބަރު 7 އާމިނަތު އަރީޝާއެވެ. މި މެޗްގައި ބިދޭސީ ކުޅުންތެރިޔާ ކުޅެފައެއް ނުވެއެވެ. މި މެޗްގައި ވެމްކޯ އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގައި ބައިވެރި ވެފައިވަނީ ރާއްޖޭގެ ގުޑީސްގެ އިތުރުން ވެމްކޯގެ އަންހެން ޓީމެއެވެ. 25 އަހަރުންދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ފޮރިން ދެކުޅުންތެރިންްނަށް ކުޅެވެއެވެ.

މި މުބާރާތް ކުރިޔަށް ދާނީ މިސެޕްޓެމްބަރު މަހުގެ 1 އިން 6 އަށެވެ. ވެމްކޯޓީމުގެ ހެޑް ކޯޗަކީ އަހްމަދު އަދީލް(ބޭބެ) އެވެ. އަދި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަނީ އަހްމަދު ސޮފްވާންއެވެ. 

 

 

Volleyball

Leave a Comment:

Comments will be published after moderation.