News
ސެމިސްޓަރ ބެރޭކާއި ދިމާކޮށް ނިލަންދޫގައި ބާއްވާ 16 އަހަރުން ދަށުގެ މުބާރާތް މިއަދު ފަށައިފި
1 ސެޕްޓެމްބަރު 2019
ރައްވެހި ޗެލެންޖް އަންޑަރ ސިކްސްޓީންގެ ނަމުގައި ރައްވެހި ގުރޫޕާއި ޖަމިއްޔަތުއް ޝަބާބު ނިލަންދޫ އަދި ނިލަންދޫ އިޖްތިމާއީ މަރުކަޒު ގުޅިގެންބައްވާ ފުޓުސަލް މުބާރާތް މިއަދު ފަށައިފިއެވެ.
މި މުބާރާތް ފ. އަތޮޅަށް ހުޅުވާލި ނަމަވެސް ބައިވެރި ވެފައިވަނީ ހަމަ އެކަނި ނިލަންދޫގުގެ ޓީމްތަކުންނެވެ. 6 ޓީމް ވާދަކުރާ މިމުބާރާތް ކުރިޔަށް ގެންދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެޓީމް ފައިނަލަށް ދާގޮތަށެވެ.
ހެނދުނާއި ހަވީރު މެޗްތައް ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހާވީރުއެވެ.
ފ. ނިލަންދޫ އަކީ ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ރަށެކެވެ. އެގޮތުން ކޮންމެ ބަންދަކާއި ދިމާކޮށް ފުޓުބޯޅައިގެ އެކި އެކި މުބާރާތްތަކާއި ހަރަކާތްތައް ކުރިޔަށް ގެންދާރަށެކެވެ.
އަދި ހަމަ އެއާއިއެކު ފ.ލަންދޫ ފުޓުބޯޅަ ޓީމް އަންނަނީ ދިވެހި ޕްރިމިޔަރ ލީގުގައި ވެސް ވާދަކުރަމުންނެވެ. ނިލަންދޫއަށް ނިސްބަތްވާ ބައެއް ކުޅުންތެރިންވަނީ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.
ރައްވެހި ގުރޫޕާއި ޖަމިއްޔަތުއް ޝަބާބު ނިލަންދޫ އަދި ނިލަންދޫ އިޖްތިމާއީ މަރުކަޒު ގުޅިގެންބައްވާ ފުޓުސަލް މުބާރާތަކީ ރަގަޅު ޖީލެއް ބިނާކޮށް ގައުމަށާއި ރަށަށް ރީތި ނަން ހޯދައި ދިނުމުގެ މަގުސަދުގައި ރަނގަޅު ޖީލެއް ބިނާ ކުރުމަށްޓަކައި ކުރިޔަށްގެންދާ ހަރަކާތެކެވެ.
F.Nilandhoo