News

ސްޕެއިންގައި ކުޅެމުންދާ އާޝް ރާއްޖޭގެ ގައުމީޓީމަށް ކުޅުމުގެ އުއްމީދުގައި

28 އޯގަސްޓް 2019






ސްޕެއިންގެ ކްލަބެއްކަމަށްވާ މޮލެޓް ޔޫނިއޯ ސްޕޯޓިވާ އަށް ކުޅެމުންދާ ދިވެހި ކުޅުންތެރިޔެއްކަމަށްވާ މިރާޝް އިމްތިޔާޒް(އާޝް) ރާއްޖޭގެ ގައުމީޓީމުން ފުރުސަތު ލިބިއްޖެނަމަ ކުޅުމުގެ އުއްމީދުގައި ހުރިކަމަށް ބުނެފިއެވެ. 

މޮލެޓް ޔޫނިއޯ ސްޕޯޓިވާ އިން އާޝްގެ ކޮންޓެކް އައު ކުރުމާއި ގުޅިގެން ބޯޅައިން ކުރި ސުވާލަކަށް ޖަވާބު ދެމުން އާޝް ބުނީ އޭނާ މަސައްކަތް ކުރާނީ އޭނާގެ ޓީމަށް ކާމިޔާބު ހޯދައިދިނުމަށެވެ. ކޮންޓްރެކްޓް އާކުރި ކަމުގައި ވިޔަސް އޭނާގެ އުފަން ގައުމުގެ ގައުމީ ޓީމުން ފުރުސަތު ލިބިއްޖެނަމަ ކުޅެން ބޭނުންވާކަމަށެވެ.

" ގައުމީޓީމަށް ކުޅޭހިތްވޭ. އެކަމަކު އެއީ ކޯޗްގެ އަތްމަތީ އޮތްކަމެއް. އެކަން ނިންމާނީ ކޯޗް" އާޝް ބުންޏެވެ. 

އާޝްގެ ހުނަރު ފާހަގަ ވެގެންދިޔައީ އިސްކަންދަރު ސްކޫލު ޓީމުން އިންޓަރ ސުކޫލް ފުޓުބޯޅަ މުބާރާތުންނެވެ. އަދި ހީނާ އަހްމަދު ސަލީމުގެ އީޓީއެފްއޭގައި ގިނަ ދުވަސްތަކެއް ވަންދެން އާޝް ވަނީ ޓްރެއިނިން ފުރިހަމަކޮށްފައެވެ. މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑްގައި އާޝް ވަނީ ހިމެނިފައެވެ. ނަމަވެސް ގައުމީ ޓީމަށް މެޗެއް ކުޅެފައެއް ނުވެއެވެ. 

އާޝް އަކީ އަރަމުން އަންނަ މޮޅު ކުޅުންތެރިއެކެވެ.

 



Leave a Comment:

Comments will be published after moderation.