News

އިންޑޮނޭޝިޔާ އަތުން ރާއްޖެ ބަލިވެއްޖެ

28 އޯގަސްޓް 2019






ގަތަރުގައި ކުރިއަށްދާ އިންޓަނޭޝަނަލް ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު 2 ވަނަ މެޗުން  އިންޑޮނޭޝިޔާ އަތުން ބަލި ވެއްޖެއެވެ. 

އިންޑޮނޭޝިޔާ އަތުން ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމް ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ޖޯޑަން އަތުން 9-0 އިން ބަލިވެފައެވެ. 

މި ޓީމަކީ އައްޑޫ ސިޓީގައި ބޭއްވި ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް ވާދަ ކުރި ޓީމެވެ. އެމުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެ ރާއްޖޭގެ ޓީމް ވަނީ މުބާރާތް ނިންމާލާފައެވެ.

މި ޓީމަށް އެެންމެ ފަހުން ކޯޗުކޮށްދިނީ އައްޑޫ ސިޓީގައި ބޭއްވި ޔުއެފާ އެސިސްޓް މުބާރާތުގައި އިބްރާހިމް ހަލީމް (ޖަޑާ) އެވެ. އެ މުބާރާތަށް ފަހު ޖަޑާގެ ބަދަލުގައި މި މަހުގެ 8 ވަނަ ދުވަހު މުހައްމަދު ނިޒާމް(ނިޒާމްބެ) ވަނީ ޓީމާއި ހަވާލުވެފައެވެ.  

މިމުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ބުރާސްފަތި ދުވަހާ ގަތަރާ ވާދަކުރާނެ އެވެ.



Leave a Comment:

Comments will be published after moderation.