News
20 ވަނަ އިންޓަރ ރިޒޯޓް ވޮލީބޯލް ޒޯން ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފި
24 އޯގަސްޓް 2019
20 ވަނަ އިންޓަރ ރިޒޯޓް ވޮލީބޯލް ޒޯން ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ވަޮލީބޯލް އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.
ވަޮލީބޯލް އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 20 ވަނަ އިންޓަރ ރިޒޯޓް ވޮލީބޯލް ޒޯން ޗެމްޕިއަންޝިޕް 2019ގައި ބައިވެރިވާން ބޭނުންވާ ރިސޯޓްތަކުން ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުގެ 12:00 ގެ ކުރިން ބައިވެރި ވުމުގެ ފޯމް ހުށަހަޅަން ޖެހޭނެކަމަށެވެ. އަދި ޓީމު ލިސްޓް ލުމުގެ އެންމެ ފަހުތާރީޚަކީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށައަޅަންޖެހޭނެކަމަށެވެ.
ވަޮލީބޯލް އެސޯސިއޭޝަނުން އިތުރަށް ބުނެފައިވަނީ މިމުބާރާތާއިބެހޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން [email protected] އަދި 9995944/9895555 އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރުމަށް އެދޭކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.
Volleyball