News

ވޮލީޓީމުގެ ޓާގެޓަކީ ގޯލްޑް މެޑަލް: މެނޭޖަރު އަސްރާ

18 އޯގަސްޓް 2019






އޭވީސީ ސެންޓްރަލް ޒޯން މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ޓާގެޓަކީ ގޯލްޑް މެޑަލްއާއި ހަމައަށް ވާސިލްވުން ކަމަށް ގައުމީޓީމުގެ މެނޭޖަރ އަޝްރަފް އަލީ (އަސްރާ) ވިދާޅުވެއްޖެއެވެ.

ބޯޅަ އެމްވީއަށް މައުލޫމާތު ދެއްވަމުން އަސްރާ ވިދާޅުވީ " އިންޝާﷲ ޓީމް ހުރިހާ ކުދިންވެސް ތިބީ ވަރަށް ފިޓްކޮށް. ޓޯނަމެންޓްގެ ޓާގެޓަކީ ގޯލްޑް މެޑަލްއަކާއި ހަމައަށް ދިއުން" ކަމަށެވެ. 

ފިރިހެން ވޮލީ ޓީމު އަންނަނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ މުބާރާތްތަކަށް ތައްޔާރުވާން ފަރިތަކުރަމުންނެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ހޯދައިދިން ފުރުސަތެއްގައި ގައުމީ ޓީމް ވަނީ ސާބިއާގައި ފެންވަރު ރަނގަޅު ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ. އަދި އޭގެ ފަހުން ގައުމީޓީމް ވަނީ މި މުބާރާތަށް ތައްޔާރުވުމަށް ލަންކާގެ ގައުމީޓީމާއިއެކު އެކުވެރި ކަމުގެ މެޗްތަކެއް ކުޅެފައެވެ.

މުބާރާތުގެ ޝެޑިއުލް ފުރަތަމަ އޮތްގޮތުން މުބާރާތް ހުޅުވާ މެޗުގައި ހޯމަ ދުވަހު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅޭނީ ރާއްޖެ އެވެ. އެކަމަކު ފަހުން ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު މިހާރު ރާއްޖެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު މާލެ ގަޑިން އިރުއޮއްސި 6:15 ގައި ބައްދަލުކުރާނީ ކިރްގިސްތާނާ އެވެ. ދެ ވަނަ މެޗުގައި ބުދަ ދުވަހު މާލެ ގަޑިން 4:15 ގައި ރާއްޖެ ކުޅޭނީ ނޭޕާލްއާ އެވެ.

ސެންޓްރަލް ޒޯނު މުބާރާތްތަކުގައި މިހާތަނަށް ރާއްޖޭން ވަނީ ދެ ވަނަ އަދި ތިން ވަނަ ހޯދައިފަ އެވެ. ނަމަވެސް އެންމެ ފަހު ދެ މުބާރާތުގައި ރާއްޖޭގެ ނަތީޖާތައް ވަނީ ދަށްވެފައެވެ. 

 

Volleyball

Leave a Comment:

Comments will be published after moderation.