News

ދަގަނޑޭ އަކީ ގައުމީޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިޔެއްކަން އަޅުގަނޑު ގަބޫލުކުރަން: މިނިސްޓަރ މަހްލޫފް

15 އޯގަސްޓް 2019






އަލީ އަޝްފާގް (ދަގަނޑޭ) އަކީ ގައުމީޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިޔެއްކަން ގަބޫލުކުރާކަމަށް ޔޫތު މިނިސްޓަރ މަހްލޫފް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ އޭނާގެ ފޭސްބުކްގައި ދާދި ދެންމެއަކު ކޮޮށްފައިވާ ޕޯސްޓެއްގައެވެ. " އަޅުގަނޑު ނަގާ ފުރަތަމަ އެގާރައިގައި އަލީ އަޝްފާގް ދަގަނޑޭ ހިމެނޭނެ" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ސަޕޯޓަރުންގެ އެދުން ފުޓުބޯޅަ އެސޯސިއޭޝަން އާއި ހަމައަށް ރަސްމީކޮށް ހިއްސާ ކޮށް ދެއްވާނެކަމަށެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް(ދަގަނޑޭ) ގައުމީ ޓީމުގައި ނުހިމެނޭތީ ރާއްޖޭގެ ގިނަ މީހުން ދަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ. 

މި މައްސަލައިގައި ގިނަ ފަރާތް ތަކުން ބުނަމުން އަންނަނީ އެފްއޭއެމް ނުވަތަ ގައުމީ ޓީމުގެ ކޯޗް ދަގަނޑޭ އާއި ޒާތީ ވަނީ ކަމަށެވެ. ދަގަނޑޭ ވަނީ ނިމިދިޔަ 2 އަހަރުވެސް ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ރާއްޖޭގައި އަދިވެސް ދަނގަޑޭ އަކީ ނަންބަރ ވަންއެވެ. 

FAM

Leave a Comment:

Comments will be published after moderation.