News

އަހަރެން ޓީމަށް ނުނަގައިގެން އެއްވެސް އިރެއްގައި ކޯޗާއި ސުވާލެއް ނުކުރަން: ބަކާ

13 އޯގަސްޓް 2019






ރާއްޖޭގައި އުފެދުނު މޮޅު މިޑްފީލްޑަރުންގެ ތެރޭ ހިމެނޭ ގައުމީޓީ ފުޓުބޯޅަ ޓީމުގެ މެދުތެރެ ގިނަ ދުވަސް ތަކެއް ވަންދެން ބެލެހެއްޓި އަދި މިހާރު ގްރީން ސްޓްރީޓްގެ މިޑްފީލްޑަރ މުހައްމަދު އާރިފް (ބަކާ) ގައުމީ ޓީމުގައި ނުހިމެނުމުން އޭނާ ސުވާލު ކުރިކަމަށް ގައުމީ ޓީމްގެ ކޯޗް ސެގަރޓް މީޑިޔާގައި ހާމަ ކުރުމާއި ގުޅިގެން އެކަން ބަކާ ދޮގުކޮށްފި އެވެ. 

މިއަދު ގައުމީޓީމް ފުރުމުގެ ކުރިން މީޑިޔާތަކަށް މައުލޫމާތު ދެމުން ސެގަރޓް ބުނީ "ބަކާ އަހަންނަށް ގުޅި ސްކޮޑަށް އޭނާ ނުނަގާ ސަބަބާ ބެހޭގޮތުން، އަހަރެން ބުނިން 34 އަހަރޭ، މިހާރު ޖެހޭނޭ މިކަން ގަބޫލު ކުރަން މި މި މެޗުތަކަށް އަހަންނަކަށް ނެތޭ ނެގޭކަށް، ބަކާ އެކަން ގަބޫލު ކުރި،" ކަމަށެވެ.

ނަމަވެސް ބޯޅައަށް މައުލޫމަތު ދެމުން ބަކާ ބުނީ ގައުމީ ޓީމުގައި އޭނާ ނުހިމެނުމުން ކޯޗާއި އެއްވެސް އިރެއްގައި އެކަހަލަ ވާހަކަ ދައްކާފައި ނުވާނެ ކަމަށެވެ. ކޯޗް އެހެން ބުނި ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭކަމަށް ބަކާ ބުންޏެވެ. 

ގައުމީ ޓީމް އިއުލާން ކުރުމުގެ ކުރިން ކޯޗާއި އެކަޑަމީކަމެއްގައި ވާހަކަ ދެކެވިފައިވާ ކަމަށާއި އެދުވަހު ކޯޗް ދަގޭ އާއި ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށް ބަކާ ބުންޏެވެ. ނަމަވެސް ބަކާގެ ސެލެކްޝަން އާއި ގުޅޭ އެއްވެސް ވާހަކަ އެއް ކޯޗް ވެސް އަދި ބަކާވެސް ދައްކާފައި ނުވާކަމަށް ބަކާ ބުންޏެވެ. 

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ދަގަނޑޭ އަށް ސެގާޓް ފުރުސަތު ނުދޭން ފެށީ މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. އަދި މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ދިޔަ ޓީމުން ވެސް ފުރުސަތެއް ނުދެ އެވެ. އެފަހަރު ބަކާވަނީ ގައުމީޓީމުގައި ހިމެނިފައެވެ. ދަގަނޑޭ އަށް ފުރުސަތު ނުދޭ މައްސަލައިގައި ސެގާޓް އެކި ފަހަރު ދައްކަނީ އެކި ވާހަކަ އެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލަ އަށް ފަހު، ސެގާޓް ބުނީ އެ އެކަމުގައި ދަގަނޑޭ މައާފަށް އެދުނީ މާ ލަހުން ކަމަށެވެ. އަދި ބައެއް ފަހަރު އޭނާ މާ މުސްކުޅީ ކަމަށް ވެސް ބުނެފައިވެ އެވެ.

ވޯލްޑް ކަޕް ކޮލިފައިން އަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑް:

މާޒިޔާ: މުޖުތާޒް މުހައްމަދު (މުޖޭ)، ހުސެއިން ނިހާން (ނިހާޓް)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު (އިއްބެ)، ނާއިޒު ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، އަސަދުﷲ އަބްދުﷲ، މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)

އީގަލްސް: އަހުމަދު ރިޒުވާން (ރިޒޭ)، ހުސެއިން ޝިފާއު (ކުރޯ)، ހައިޝަމް ހަސަން، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް

ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، ލަބާން ޝަރީފް، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު ސާއިފް

ޓީސީ: އިބްރާހިމް އައިޝަމް، މުހައްމަދު އަޖުފާން، އަކުރަމް އަބްދުލް ގަނީ (އަކޫ)

ށ. ފޯކައިދޫ: މުހައްމަދު ޖައިލަމް (އޮގީ)، ހަސަން ނަޒީމް (ޗޯޓު)

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަޔާޒު އަހުމަދު (އަޔާ)

ޔުނައިޓެޑް ވިކްޓްރީ: ހަސަން ތޮލާލު (ތޮލާ)

 

 

 

 

Club Green Streets

Leave a Comment:

Comments will be published after moderation.