News

ރަށްވެހި ޗެލެންޖް: ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ޓެލެންޓް އަދި އެންވައިޖީގެ ފެންވަރު ދައްކާލައިފި

12 އޯގަސްޓް 2019






ފ.ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބާއި ނިލަންދޫ ޒުވާނުންތަކެއް ގުޅިގެން މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އަޟްޙާ ޢީދުގެ މުނާސަބަތުގައި ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގައި މިއަދާއި މިރޭ ކުޅުނު މެޗްތަކުން ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ޓެލެންޓް އެސްސީ އަދި ނިލަންދޫ ޔަންގް ޖެނެރޭޝަންގެ ފެންވަރު ދައްކާލައިފިއެވެ.


މިއަދުގެ ފުރަތަމަ މެޗްގައި ސްޕޯރޓްސް ކްލަބް ފަހުލަވާނާއި ވައިޕާރސް އެފްސީ ބައްދަލު ކުރި މެޗް ސްޕޯރޓްސް ކްލަބް ފަހުލަވާނުން ކާމިޔާބުކުރީ 11 ލަނޑު 2 ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުނުއިރު 3 ލަނޑު 2 ލަނޑުގެ ކުޑަ ތަފާތެއް އޮތް ނަމަވެސް އެސްސީއެފްއިންވަނީ ފަހުހާފްގައި އިތުރު 8 ގޯލް ޖަހާފައެވެ. އެސްސީއެފްގެ ގޯލްތައް ޖަހާދިނީ މިދިޔައަހަރު ޕްރެމިއަރލީގުގައި ޓީމު ނިލަންދޫގައި ދެއްކި މޮޅުކުޅުމެއްގެ ސަބަބުން ފުރަތަމަ ޑިވިޜަންގެ ގިނަޓީމުތަކެއްގެ ކޯޗުން އެކުޅުންތެރިއެއްގެ ކުޅުން ފާހަގަކޮށްފައިވާ ޢާދިލް ޢަލީ (5 ގޯލް) ޢާމިރު 3 ގޯލް ، ޒައިދު 2 ގޯލް އަދި އަޙުމަދު ނަބީލް 1 ގޯލްއެވެ. ވައިޕާރސްގެ ގޯލްތައް ޖަހާދިނީ ޠޯއިފްގެ އިތުރުން ރަފާހުއެވެ. މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ޢާދިލް ޢަލީއެވެ.
2 ވަނަ މެޗްގައި ޓެލެންޓް އެސްސީއާއި އެފްސީ ސިއްސުވާލި ވާދަކޮށް 8 ލަނޑު 2 ލަނޑުން މެޗްކާމިޔާބުކުރީ ޓެލެންޓެވެ. ޓެލެންޓްގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަކުރަމް އިސްމާޢީލްއާއި އަޙުމަދު ވާފިރު ކޮންމެ ކުޅުންތެރިޔަކު 3 ގޯލް އަދި ސައްދާމް އާއި ސިނާޙުއެވެ. ސިއްސުވާލިގެ 2 ގޯލްވެސް ކާމިޔާބުކޮށްދިނީ އަޙުމަދު ފަޔާޒްއެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަކްރަމް އިސްމާޢީލްއެވެ.
މިރޭގެ ފުރަތަމަ މެޗްގައި ވާދަކުރަން ހަމަޖެހިފައިއޮތް މަގޫދޫ އެފްސީ ބްރަދާރސްއާއި ފަހުލަވާނު މެޗަށް ހަވީރުން ފެށިގެން ކަނޑުގަދަވެ ވިއްސާރަކުރުމުގެ ސަބަބުން މަގޫދޫ ބްރަދާސްއަށް އަށް ނިލަންދުއަށް އާދެވޭނެ ގޮތް ނުވުމުން އެމެޗް 3 ޕޮއިންޓާއި ފައިދާ 2 ގޯލާއެކު ފަހުލަވާނަށްވަނީ ލިބިފައެވެ.
މިރޭގެ ފަހުމެޗްގައި ނިލަންދޫ ޔަންގް ޖެނެރޭޝަން (އެންވައިޖީ)އާއި އެސްޖީސީ ޖޫނިއަރސް ވާދަކުރި މެޗް 11 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އެންވައިޖީއެވެ. ސްކޯރޝީޓުން ޖާގަހޯދި ކުޅުންތެރިން ތެރޭގައި އަކްރަމް ޢަބްދުލް ޣަނީއާއި އިސްމާޢީލް ޢީސާ (މެސީ) އާއި ރިޟްވާން ވަޙީދު (ރިލޭ)ގެ އިތުރުން ޢަބްދުލް ޖަލީލާއި ހުސައިން އިބްތިޝާމް ހިމެނެއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ 4 ގޯލް ކާމިޔާބުކޮށްދީ މޮޅުކުޅުމެއް މުޅިމެޗްގައިވެސް ދެއްކި ރިޟްވާން ވަޙީދު (ރިލޭ)އެވެ.
މުބާރާތުގައި މާދަމާވެސް 4 މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ހަވީރު ފުރަތަމަ މެޗްގައި ގްރޫޕް 1 ގެ ފަހުލަވާނާއި ސިއްސުވާލި ވާދަކުރާއިރު 2 ވަނަ މެޗްގައި ވާދަކުރާނީ ގްރޫޕް 2 ގެ ސްޕޯރޓްސް ކްލަބް ފަހުލަވާނާއި އެންވައިޖީއެވެ. ރޭގަނޑުގެ ފުރަތަމަ މެޗްގައި ގްރޫ 2 ގެ ވައިޕާރސްއާއި އެސްޖީސީ ޖޫނިއަރސް ވާދަކުރާއިރު މާދަމާރޭގެ ފަހުމެޗްގައި ބައްދަލު ކުރާނީ ގްރޫޕް 1 ގެ އެސްޖީސީއާއި ޓެލެންޓެވެ.


ޗެމްޕިއަންޓީމަށް 15000 ހާސްރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިޔަށް ގެންދާ މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯއެވެ. ކޯ ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސް އަދި އާން އަކްއާ ސްޕޯރޓްސްއެވެ. ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ ފަހުމިނެޓެވެ.

F.Nilandhoo

Leave a Comment:

Comments will be published after moderation.