News
އިމްރާން ޤައުމީ ޓީމަށް އަލްވަދާއު ކީ މެޗުން ލިބުނު ފައިސާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާ ކޮށްފި
20 ޖެނުއަރީ 2019
އިމްރާން މުހައްމަދު (އިންމަ) ޤައުމީ ޓީމަށް އަލްވަދާއު ކިޔުމަށް އިންތިޒާމް ކުރެވުން މެޗުން ލިބުނު ފައިސާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް) އަށް ހަދިޔާ ކޮށްފިއެވެ.
ޤައުމީ ޓީމަށާއި ކުލަބު ފެންވަރުގައި އެކި ކުލަބުތަކުގެ ގޯލް ހުށިޔާރުކަމާއެކީ ބަލަމުން އަންނަ ޤައުމީ ތަރި އިންމަ ޤައުމީ ޓީމަށް ކުޅުން ރަސްމީކޮށް ހުއްޓާލި މެޗު ކުޅެވުނީ 30 ޑިސެމްބަރ 2018 ވަނަ ދުވަހުގައެވެ. މި މެޗުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުން މޮޅު ގޯލްކީޕަރ ޕީޓަރ ޝްމައިކަލްއާއި ރެއާލް މެޑްރިޑްގެ ތަރި މައިކަލް ސަލްގާޑޯ ވަނީ ބައިވެރިވެފައެވެ. އިންމަ ޤައުމީ ޓީމަށް އަލްވަދާއު ކިއީ ކާމިޔާބުން ފުރިގެންވާ ރަން 17 އަހަރަށް ފަހުގައެވެ. އެ 17 އަހަރުގެ ތެރޭގައި ޤައުމީ ފުރަތަމަ ރަން މެޑަލް ހޯދައިދިނުމުގައި އޭނާ ކުޅެދިން މުހިންމު ދައުރު ފާހަގަ ކޮށްލެވެއެވެ.
ބީ.ވީ.އައި.އެސް.އެމް އަކީ 2010ވަނަ އަހަރު އުފެދުން ޖަމިއްޔާއެކެވެ. މި ޖަމިއްޔާއަކީ ފެނުމުގެ އެކި އުނދަގޫތަށް ތަހައްމަލުކުރަމުންދާ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އިންމަގެ 22،475ރ ގެ މި އެހީއާއެކު މިޖަމިއްޔާގެ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބި، ޒަމާނީ ވަސީލަތްތަކުގެ އެހީ އެކި އެކި ފެނުމުގެ ދަތިތައް ހުރި މީހުންނަށް ފޯރުކޮށްދިނުމުގައި ފަސޭހަވެގެން ދާނެކަމަށް ބެލެވެއެވެ.
އިމްރާންވަނީ ދިވެހި ފުޓުބޯޅައިގައި ބޮޑެތި ކުލަބުތަކަށް އެކި އެކި ބޮޑެތި ކާމިޔާބީތަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ. އެގޮތުން ނިއު ރޭޑިއަންޓާއި ވިކްޓަރީއަށް އޭނާ ހޯދައިދީފައިވާ ކާމިޔާބީތަށް ފާހަގަ ކޮށްލެވެއެވެ. ކުލަބު ފެންވަރުގައި އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ކުޅެމުން ގެންދާނެއެވެ.
Dhivehi Premier League Imran Mohamed(Imma) Maldives National Team New Radiant Sports Club Victory Sports Club