News

ޔޫތު ލީގު މި މަހުގެ 23 ވަނަ ދުވަހު ފަށާގޮތައް އެފްއޭއެމްއިން ނިންމައިފި

10 އޯގަސްޓް 2019






ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެފްއޭއެމް ދިރާގު ޔޫތު ލީގުގެ ކުޅުން މި މަހުގެ 23 ވަނަ ދުވަހު ފަށާގޮތައް އެފްއޭއެމްއިން ނިންމައިފިއެވެ.

އެފްއޭއެމް އިން ޔޫތު ލީގު ތައާރަފްކުރީ މިދިޔަ އަހަރު އެވެ. މިފަހަރުގެ ޔޫތު ލީގުގައި ކުޅޭނީ 14 އަހަރުން ދަށާއި 12 އަހަރުން ދަށުގެ މެޗުތަކެވެ. 12 އަހަރުން ދަށުގެ ކުޅުން 23 ވަނަ ދުވަހު ފަށަން ތާވަލް ކޮށްފައިވާއިރު 14 އަހަރުން ދަށުގެ ކުޅުން ފަށާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ޔޫތު ލީގުގެ ކުޅުން ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ޔޫތު ލީގުގައި 11 އެކަޑެމީއަކުން ވާދަކުރެ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އެކަޑެމީ ތަކަކީ ބީޖީ ސްޕޯޓްސް އެކަޑެމީ، އީގަލްސް ފުޓްބޯލް އެކަޑެމީ، ޓީސީ ފުޓްބޯލް އެކަޑެމީ، މާޒިޔާ ފުޓްބޯލް އެކަޑެމީ، މޯލްޑިވްސް ސޮކަ މޭޓްސް، އާލީ ޓަޗް ފުޓްބޯލް އެކަޑެމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑެމީ، ހުޅުމާލެ ސްޕޯޓްސް އެކަޑެމީ، ވިކްޓްރީ ސްޕޯޓްސް ކްލަބް ފުޓްބޯލް އެކަޑެމީ، އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.

"ޓުވާޑްސް ފިއުޗާ" ގެ ދަށުން އެފްއޭއެމް އިން މިދިޔަ އަހަރުގެ ލީގު ބޭއްވީ ހަމައެކަނި 13 އަހަރުން ދަށަށް އަމާޒުކޮށްގެންނެވެ. މިދިޔަ އަހަރުގެ ޔޫތު ލީގު ކާމިޔާބުކުރީ އާލީ ޓަޗް ފުޓްބޯޅަ އެކަޑެމީ އެވެ. 

Dhiraagu U-13 Youth League U-12 Youth League U-14 Youth League

Leave a Comment:

Comments will be published after moderation.