News

15 އަހަރުން ދަށުގެ ޓީމުގެ ހެޑްކޯޗަކަށް ނިޒާމްބެ ހަމަޖައްސައިފި

8 އޯގަސްޓް 2019






ރާއްޖޭގެ 15 އަހަރުން ދަށުގެ ހެޑް ކޯޗަކަށް ޓީސީގެ ކުރީގެ ހެޑް ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) މިއަދު ހަމަޖައްސައިފިއެވެ. 

މީގެ ކުރިން އެޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރީ އިބްރާހިމް ހަލީމް(ޖަޑާ) އެވެ. ފުޓުބޯޅަ އެސޯސިއޭޝަން އިން މިއަދު ވަނީ އެކަން މީޑިޔާ އަށް އިއުލާނުކޮށްފައެވެ. ބެލެވޭ ގޮތުގައި މި ބަދަލަކީ ނިމިދިޔަ ޔުއެފާ އެސިސްޓް އަންޑަރ ފިފްޓީން އިންޓަރނޭޝަނަލް ޓޯނަމަންޓްގެ ނަތީޖާ ދައްވުމުގެ ސަބަބުން ގެނައި ބަދަލެއް ކަމަށެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބި 15 އަހަރުން ދަށުގެ ޓީމް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

އެހެން ކަމުން އެފްއޭއެމް އިން މިހާރު ގެނައި ބަދަލާއިއެކު ކުރިޔަށް ހުރި މުބާރާތް ތަކުގައި އެޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނިޒާބެ އެވެ. 

ނިޒާމްބެ ވަނީ އޭނާގެ ކޯޗުކަމުގެ ދަށުން ޓީސީ ސްޕޯޓްސް އަށް ގިނަ ކާމިޔާބީ ތަކެއް ހޯދައި ދީފައެވެ. އެގޮތުން އަވައްޓެރި ބަނގުލަދޭޝްގައި ބޭއްވި އިންޓރނޭޝަނަލް ކްލަބު މުބާރާތަކުން ޗެމްޕިއަންކަން ވެސް ހޯދާފައެވެ. މި ސީޒަނުގައި ނިޒާމްގެ އެއްވެސް ފަސްޓްޑިވިޝަން ޓީމަކުން ފެނިފައެއްނުވެއެވެ. 



Leave a Comment:

Comments will be published after moderation.