News

ވިކްޓަރީ ޔޫތު ޓީމްގެ ކޯޗުކަމަށް ފަރީދު

20 ޖެނުއަރީ 2019






ކުރިއަށް އޮތް ޔޫތު ޗެމްޕިއަންޝިޕްގެ ކުރިއަށް ވިކްޓަރީ ޔޫތު ޓީމްގެ ކޯޗުކަމަށް ފަރީދު ހަމަޖައްސައިފިއެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ޔޫތު ޗެމްޕިއަންޝިޕްގައި ވިކްޓަރީ ވާދަ ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ކުލަބުގެ ހިންގާ ކޮމިޓީއަށް އައި ބަދަލާއެކު، ކުލަބުގެ މިހާރުގެ އިސްވެރިން ދަނީ ކުލަބު ކުރީގައި އޮތް ހަރުފަތަށް އެރުވުމަށް އަލުން މަސައްކަތް ފަށާފައެވެ. 1971ވަނަ އަހަރު އުފެދުނު ވިކްޓަރީއަކީ ރެކޯޑު އަދަދަކަށް ތަށި (21) ނަގާފައިވާ ދިވެހި ކުލަބެކެވެ. ނަމަވެސ ފަހަކަށް އައިސް ކުލަބުގެ ކުޅުމުގެ ފެންވަރުވަނީ ދަށްވެފައިކަން ފާހަގަ ކޮށްލަންޖެހެއެވެ. އެގޮތުން މިދިޔަ ސީޒަން ވިކްޓަރީ ނިންމާލީ ގިނަ މެޗުތަކުން ބަލިވެގެން 10 ޕޮއިންޓާއެކު ތާވަލުގެ 8ވަނައިގައި އޮވެގެންނެވެ.

ވިކްޓަރީގެ ނަތީޖާތަށް އަހަރަކަށް ފަހު އަހަރެއް ދަށްވަމުން ދިޔައިރު ފަރީދު ވަނީ އޭ.އެފް.ސީ-ބީ ކޯޗިންގ ހުއަދަ ހޯދައި އޭނާގެ އިރުޝާދުގެ ދަށުން ޑަގޭންގް ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުކޮށްދީފައެވެ. ފުރަތަމަ ޑިވިޝަންގެ ކުޅުން ފެށޭނީ ޖޫން މަހުގައެވެ. މިއީ ކުލަބުތަކާއި މަޝްވަރާ ކުރުމަށްފަހު އެފް.އޭ.އެމް އިން ނިންމި ނިންމުމެކެވެ.

ޔޫތު ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 3ގައެވެ. މިއަހަރުގެ މުބާރާތަކީ 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބައިވެރިވެވޭ މުބާރާތެކެވެ. ޔޫތު ޗެމްޕިއަންޝިޕުގެ ފޯމެޓުވނީ މިދިޔަ އަހަރު ބަދަލު ކުރެވިފައެވެ. އެގޮތުން ކޮންމެ ދެ އަހަރަކުން އެއް އަހަރަކު 19 އަހަރުން ދަށުގެ މުބާރާތެއް އިންތިޒާމް ކުރެވޭނެއެވެ. އަދި އޭގެ އަނެއް އަހަރު ކުޅެވޭނީ 21 އަހަރުން ދަށުގެ މުބާރާތެކެވެ.

ޔޫތު މުބާރާތަށް އެންމެ ފަހުން ފަރިތަކުރުންތަށް ފެށީ ވިކްޓަރީ އިންކަން ފާހަގަ ކޮށްލެވެއެވެ.

Da-GANG FAM U-21 Youth Championship Victory Sports Club

Leave a Comment:

Comments will be published after moderation.