News

ޖޯއި ކަޕްގެ ފައިނަލަށް މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމް ދަތުރުކޮށްފި

4 އޯގަސްޓް 2019






އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ތިން ވަނަ އެޑިޝަންގައި ރާއްޖެއިން ބައިވެރިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ 14 އަހަރުން ދަށުގެ ޓީމް ފައިނަލަށް ދަތުރު ކޮށްފިއެވެ.

އިންޑިއާގައި މިހާރު ކުރިޔަށްދާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ތިން ވަނަ އެޑިޝަންގައި ކުޅުނު 3 މެޗްގެ ތެރެއިން ދެމެޗްއިން މޮޅުވެ މާޒިޔާވަނީ މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މިއަދު ހެނދުނު ކުޅުނު ނު މެޗް ވަރުގަދަ ޗެންނާއިއަން އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މާޒިޔާއިން ވަނީ ކާމިޔާބު ކޮށްފައެވެ. 

މިއީ ރާއްޖޭގެ އެކެޑެމީ ޓީމެއް މިފަދަ ބޮޑު ބައިނަލް އަގުވާމީ މުބާރާތެއްގައި ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ޔޫތް އެކެޑެމީތަކަކީ އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކާ ގުޅިގެން ހިންގާ ބޮޑެތި އެކެޑެމީތަކަކަށް ވާ އިރު އެގައުމުގެ ޒުވާން ޓީމުތައް އަންނަނީ ފަހަކަށް އައިސް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ވާދަ ކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ހޯދަމުންނެވެ.

Maziya Academy

Leave a Comment:

Comments will be published after moderation.