News
އޭއެފްސީގެ އެސޯސިއޭޝަން ކޮމިޓީއިން ބައްސާމްއަށް ފުރުސަތުލިބިއްޖެ
2 އޯގަސްޓް 2019
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން(އޭއެފްސީ)ގެ އެސޯސިއޭޝަން ކޮމިޓީއަށް ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން(އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ފުރުސަތު ދީފިއެވެ.
އެފްއޭއެމްގެ ސޯޝަލް މީޑިޔާގައި މިކަން ވަނީ މީގެ އިރުކޮޅެއްކުރިން އާންމުކޮށް އިއުލާނު ކޮށްފައެވެ. ނަމަވެސް މިކޮމިޓީއިން ފުރުސަތު ލިބިގެންދިޔުމުން ރާއްޖެއަށް ކުރާނެ ފައިދާއާއި އަދި މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ކޮބައިކަން އެ އިއުލާން ކުރި ޕޯސްޓުގައި ބުނެފައެއް ނުވެއެވެ.
ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. ބައްސާމަކީ ފީފާ އަދި އޭއެފްސީ އާއި ގާތް ކުޅުމެއް އޮންނަ ފަރާތެކެވެ.