News

ޖޯއި ލީގުގައި މާޒިޔާއިން ކުޅުނު 2 ވަނަ މެޗުން ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

2 އޯގަސްޓް 2019






އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ތިން ވަނަ އެޑިޝަން މިއަދު ކުޅުނު މެޗުގައި ފަސްޓްކިކް އެސްއެސްއޭ އާއި ވާދަކޮށް ރާއްޖޭގެ މާޒިޔާ ސްޕޯޓް އެންޑް ރެކްރިއޭޝަން ކްލަން 6-0ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެ އެވެ.

 

މިއީ އިންޑިއާގައި 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އިންޑިއާގައި މިއަދު ހެނދުނު ކުޅުނު އެ މެޗުގައި މާޒިޔާގެ ގޯލްތައް ކާމިޔާބު ކޮށްދީފައިވަނީ ޔޫޝައު، އިޔާން، އުވައިޝް އަދި ލިއާޒް އެވެ. ޔޫޝައު އަދި އިޔާން ވަނީ މި މެޗްގައި ކޮންމެ ކުޅުންތެރިއެއް ދެގޯލް ކާމިޔާބު ކޮށްފައެވެ. މިއީ ރާއްޖޭގެ އެކެޑެމީ ޓީމެއް މިފަދަ ބޮޑު ބައިނަލް އަގުވާމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

އިއްޔެ ހެނދުނު މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގައި މާޒިޔާ ވަނީ 1-0ގެ ނަތީޖާ އަކުން ބަލިވެފައެވެ. ނަމަވެސް މިއަދުގެ މެޗުން މޮޅުވުމާއި އެކު މާޒިޔާއަށް ފައިނަލަށް ދިޔުމަށް ކުރާ އުއްމީދު ބޮޑުވެގެންދާނެއެވެ. 

މާޒިޔާގެ ޒުވާން ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުން އަންނަނީ މުހައްމަދު އާރިފް (އާރިއްޕެ) އެވެ. މާޒިޔާ ކުޅޭ ތިންވަނަ މެޗްގައި ބައްދަލުކުރާނީ ސްޕޯޓްސް ނޭޝަން އާއެވެ. 

އިންޑިއާގެ ޔޫތް އެކެޑެމީތަކަކީ އޭސީ މިލާނާއި ލިވަޕޫލާއި ބެންފީކާ އަދި ބަޔާން މިއުނިކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ކުލަބުތަކާ ގުޅިގެން ހިންގާ ބޮޑެތި އެކެޑެމީތަކަކަށް ވާ އިރު އެގައުމުގެ ޒުވާން ޓީމުތައް އަންނަނީ ފަހަކަށް އައިސް ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ވާދަ ކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ހޯދަމުންނެވެ.



Leave a Comment:

Comments will be published after moderation.