News

ނިއު ރޭޑިއަންޓުގެ ކުރީގެ އޮފިޝަލް އައްޔަ ނިޔާވެއްޖެ

30 ޖުލައި 2019






ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެއް މަސައްކަތްކޮށްދިން އަލީ މުހައްމަދު (އައްޔަ) ރޭ ފަތިހު ނިޔާވެއްޖެ އެވެ.

 

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގައި މަސައްކަތްކުރާ އައްޔަ، 52، މަރުވީ މިދިޔަ ތިން ދުވަހު ބަލިކޮށް އުޅުމަށް ފަހު ކުއްލި ގޮތަކަށެވެ. އޭނާ މަރުވިކަން އެނގުނީ ފަތިހު ހޭނުލައިގެން ބެލުމުންނެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣުރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

ނިއުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރުތަކުގެ ތެރޭގައި ހިމެނޭ 2005، 2006، 2007 ގައި، އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރި އިރާއި އެފްއޭ ކަޕާއި ގައުމީ ތަށި މިލްކުކުރިއިރު ޓީމުގައި އައްޔަ ވަރަށް ބޮޑަށް ހަރަކާތްތެރިވި އެވެ.

އޭނާ އަކީ، ގަވާއިދުން ނިއުގެ ޕްރެކްޓިސް ދާ ސަޕޯޓަރުންނާ، ކްލަބާ ގުޅުވައިދޭ މީހެއް ވެސް މެ އެވެ. އައްޔަ ނިއުގައި މަސައްކަތްކުރީ އުޖޫރައަކަށް ނޫނެވެ. ކްލަބުގެ ސަޕޯޓަރެއްގެ ގޮތުން ކްލަބަށް ހިދުމަތްކުރުމަށްޓަކައި ހިލޭ ސާބަހަށެވެ.

New Radiant Sports Club

Leave a Comment:

Comments will be published after moderation.