News

އެފްއޭއެމްއިން ސަސްޕެންޑް ކުރި ކުޅުންތެރިންނަށް ދެވަނަ ފުރުސަތެއްދީފި

28 ޖުލައި 2019






ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން 15 އަހަރުން ދަށުގެ ގައުމީ ޓީމުން ވަކި ކުރި ކުޅުންތެރިންނަށް އެފްއޭއެމުން ދެވަނަ ފުރުސަތެއް ދީފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝާން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެ ކުޅުންތެރިންނާއި ވާހަކަދައްކާ ނަސޭހަތްދީފައެވެ. އެކަން ހާމަކޮށް ކުރި ޓްވީޓެއްގައި ބައްސާމް ވިދާުޅުވީ އައްޑޫން އެނބުރި މާލެ ދިޔުމާއެކު ވަކިކުރި ކުޅުންތެރިން އަލުން ޓީމާ ގުޅޭނެ ކަމަށެވެ.

ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ކުޅުންތެރިންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުން އެދި ނަސޭހަތްދީފައިވާނެ ކަމަށެވެ.

ވީޑިއޯގައި ރާއްޖޭގެ ޒުވާން ފުޓުބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންގެ ބޭއަދަބީ އަމަލުތަކެއް ހިންގާތަން ފެންނައިރު އެއީ މިހާރު އައްޑޫގައި ކުރިއަށްދާ 15 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ކުޅުންތެރިން ފެންނަ މަންޒަރުތަކެއް ކަމަށް ސޯޝަލް މީޑިއާގައި ވަނީ ބުނެފައެވެ.

ނަމަވެސް އެފްއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ އެސޯސިއޭޝަނުން ބެލިބެލުމުން އެނގިފައިވާ ގޮތުގައި އެއީ 2018 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މުބާރާތުގެ ތެރެއިން ހިނގާފައިވާ ކަންތައްތަކެއް ކަމަށެވެ.

މިފަދަ އަމަލުތައް އެފްއޭއެމްއިން ބަލައި ނުގަންނާނެ ކަމަށާއި، މި އުސޫލު ހުރިހާ ގައުމީ ޓީމަކަށްވެސް އޮންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

FAM

Leave a Comment:

Comments will be published after moderation.