News
އައިއޯއައިޖީ: މިއަދު ކުޅުނު މެޗްތަކުން ވޮލީ ފިރިހެންޓީމް މޮޅުވި އިރު އަންހެންޓީމަށް ނާކާމިޔާބު
22 ޖުލައި 2019
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ކުޅުނު މެޗްތަކުން ވޮލީ ފިރިހެންޓީމް މޮޅުވި އިރު އަންހެންޓީމް ބަލިވެއްޖެއެވެ.
މިއަދު ވޮލީ އަންހެންޓީމްބަލިވީ ސީދާ ތިންސެޓުން ވަރުގަދަ ރީޔޫނިއަން އާއި ވާދަކޮށްގެންނެވެ. ނަމަވެސް ރާއްޖޭގެ ޓީމްވަނީ މެޗްގެ ދެވަނަ ސެޓާއި ތިންވަނަ ސެޓްގައި ރަނގަޅު ފައިޓެއް ދީފައެވެ. ރީޔޫނިއަންއިން ސެޓްތައް ގެންދިޔައީ 12-25/ 22-25/ 19-25 އިންނެވެ.
ފިރިހެން ޓީމް މިއަދު މޮޅުވީ ސީދާ ތިން ސެޓުން ކޮމޯރޯސް ބަލި ކޮށްގެންނެވެ. މިމެޗުގެ ސެޓްތައް ރާއްޖެއިން ކާމިޔާބު ކުރީ 23-25 / 20-25 / 19-25 އިންނެވެ.
މި މުބާރާތުގައި ބައިވެރިވާ ބީޗް ވޮލީ ޓީމް ވަނީ ލީގް އުސޫލުން ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ މުބާރާތުގެ ރަނަރަޕް ކަން ހޯދާފައެވެ.
Volleyball