News

ޤައުމީ ޓީމް އެސިސްޓަންޓް ކޯޗް، އަޙުމަދު ޝާކިރު ޖަޕާންގެ ފުޓްބޯޅަ ކޮންފަރެންސްގައި ބައިވެރިވަނީ

12 ޖެނުއަރީ 2019






ދިވެހި ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗް، ކޯޗް އަޙުމަދު ޝާކިރު (ޝާކިއްޓެ) މިއަހަރުގެ ޖަޕާން ފުޓްބޯލް އެސޯސިއޭޝަންގެ ފުޓްބޯޅަ ކޮންފަރެންސްގައި ބައިވެރިވުމަށް ޖަޕާންއަށް ހިނގައްޖެއެވެ. ޖަޕާންގެ ކޮޗީގައި މި ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުން 14 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި އޭސިއާގެ އެކި ޤައުމު ތަކުން ބައިވެރިވާނެއެވެ.

ޝާކިއްޓެ އަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ އެލީޓް އެންޑް ޔޫތް ޑިވޮލޮޕްމަންޓް ޑިޕާރޓްމަންޓްގެ ހެޑެވެ. 2018 ވަނަ އަހަރު ސާފް ޗެމްޕިއަންކަން ކާމިޔާބު ކުރި ޤައުމީ އެސިސްޓަންޓް ކޯޗް. ޝާކިއްޓެ އެފް.އޭ.އެމްގެ ޓެކްނިކަލް ސައިޑާއި ގުޅުނީ ކްލަބް އީގަލްސްގައި 10 އަހަރު ހޭދަކުރުމަށްފަހުއެވެ.

ކްލަބް ޢީގަލްސް އާއި އެކު ޝާކިއްޓެވަނީ ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައެވެ. އެގޮތުން ޖެހިޖެހިގެން ތިން ފަހަރު ޔޫތް މުބާރާތް ކާމިޔާބުކޮށް އެހުރިހާ ފަހަރަކު ޔޫތްގެ އެންމެ މޮޅު ކޯޗުގެ މަޤާމުގެވެސް ޝާކިއްޓެވަނީ ހޯދާފައެވެ. މީގެ އިތުރުން އީގަލްސް ސީނިއަރ ޓީމާއި އެކު ޕްރެސިޑެންޓް ކަޕްވެސް ކާމިޔާބުކުރިއެވެ.

ޤައުމީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރިންވެސް ޝާކިއްޓެވަނީ 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓަންޓްކަން ދެ އަހަރު މަސައްކަތްކޮށްފައެވެ.

(ފޮޓޯ: އިމޭޖެސް.އެމް.ވީ)

އެފް.އޭ.އެމް (އަޙުމަދު ޝާކިރު (ޝާކިއްޓެ

Leave a Comment:

Comments will be published after moderation.