News
ޓީސީ އަތުން މާޒިޔާ އަށް ހަނި މޮޅެއް
4 ޖުލައި 2019
ދިރާގް ދިވެހި ޕްރިމިއަރ ލީގްގައި މިއަދު ހަވީރު ބައްދަލު ކުރީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މި މެޗް މާޒިޔާ އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި އެއްވަރުގެ ކުޅުމެކެވެ. މުޅި މެޗަށް ބަލާއިރު ނުރައްކާތެރި ހަމަލާއެއް އުފައްދާފައިވަނީ މާޒިޔާއިންނެވެ. މާޒިޔާގެ ނާއިޒް(ދާދު) އަށް މެޗްގެ 40 ވަނަ މިނެޓްގައި ގޯލް ކުރިމަތިން ލިބުނު ބޯޅަ ކީޕަރު ކަޓުވާލުމަށްފަހު ޖެހީ ބޭރަށެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެވަނަ ހާފް ފެށިގެން މާޒިޔާއިން ފުރަތަމަ ހާފްއާއި ބަލާ ދެވަނަ ހާފްގައި ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ދެވަަނަ ހާފްފެށިގެން މެޗްގެ 60 ވަނަ މިނެޓްގައި މާޒިޔާއިން ވަނީ ލަނޑެއްޖަހާ މެޗްގެ ލީޑް ނަގައިފައެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ފޭދޫ އިއްބެއެވެ.
މި މުބާރާތުގައި މިރޭ ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އަދި މާދަމާ ހަވީރު ކުޅޭނީ ފޯކައިދޫ އެފްސީއާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މަދަމާ ރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ނިލަންދޫ އާއި ޔުނައިޓެޑް ވިކްޓްރީއެވެ.
DPL2019-20 Maziya Sports and Recreation Club TC Sports Club